މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޞިއްޙީ ދާޢިރާއަށް ފާހަގަ ކޮށްލެވޭފަދަ ޚިދުމަތެއް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް ދެވޭ އެވޯރޑްއާއި ގުޅޭ

ޞިއްޙީ ދާޢިރާއަށްފާހަގަ ކޮށްލެވޭފަދަ ޚިދުމަތެއް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް ދެވޭ އެވޯރޑްއާއި ގުޅޭ

2018 ވަނަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހު ދިނުމަށް ހަމަޖެހިފައިވާ އެވޯރޑުތަކުގެ ތެރެއިން "ޞިއްޙީ ދާޢިރާއަށް ފާހަގަ ކޮށްލެވޭފަދަ ޚިދުމަތެއް ކޮށްދީފައިވާ އަމިއްލަ ފަރާތްތަކަށް ދެވޭ އެވޯރޑް" އަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މިއެވޯރޑަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 ވަނަ އަހަރުގެ ޑިސެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއި އާއި އެވޯޑަށް ކަނޑައެޅިފައިވާ ހުރިހާ ލިޔެކިއުންތައް ރޯޝަނީ ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މިއެވޯޑާއިބެހޭ އިތުރު މަޢުލޫމާތުތައް މި މިނިސްޓްރީގެ ވެބްސައިޓު http://www.health.gov.mv/ އިން ލިބިވަޑައިގަންނަވާނެ ވާހަކަވެސް ތިޔަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

މިއެވޯރޑާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތު ޑިވިޜަނަށް 3328887 ، އެކްސްޓެންޝަން: 148 ނުވަތަ 471 އާ ގުޅުއްވުން އެދެމެވެ.

20 ޖުލައި 2017
ހޯދާ