މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

           

                                                އިޢުލާން ނަންބަރު: MRDC-IUL/2017/28

                          ވަޒީފާގެ ފުރުޞަތު

   

     މިކުންފުނީގެ ހެޑް އޮފީހަށް ޕާރސަނަލް އެސިސްޓެންޓް މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް:

ޕާރސަނަލް އެސިސްޓެންޓް،ގްރޭޑް 1

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެމް.އެސް 1 ، ގްރޭޑް 1

މުސާރަ:

މަހަކު -/7430 ރުފިޔާ (ހަތްހާސް ހަތަރުސަތޭކަ ތިރީސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީސް

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ކޯޕަރޭޓް ޑިވިޜަން

ފެންވަރު ނުވަތަ ޝަރުތު:

- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން  ނުވަތަ

- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5  ނުވަތަ 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- މެނޭޖިންގ ޑިރެކްޓަރ ގެ އެޕޮއިންޓްމަންޓް ރިކުއެސްޓްތައް ހަމަޖައްސައި ބެލެހެއްޓުން.

- މެނޭޖިންގ ޑިރެކްޓަރ ބައިވެރިވެވަޑައިގަންނަވާ މީޓިންގ ތަކުގައި ބައިވެރިވެ ޔައުމިއްޔާ ނޯޓުކޮށް ޔައުމިއްޔާއަށް   އެމް.ޑީ ގެންނަވާ ބަދަލުތައް ގެނެސް ޔައުމިއްޔާ އެޕްރޫވްކޮށް ފައިލްކޮށް ބެލެހެއްޓުން.

- މެނޭޖިންގ ޑިރެކްޓަރ ގެ ބިއުރޯއަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދިނުން.

- މެނޭޖިންގ ޑިރެކްޓަރަށް ރިޕޯޓްކުރަންޖެހޭ ކަންތައްތަކުގެ ފޮލޯއަޕް ހެދުމަށްޓަކައި އެހެން ޑިވިޜަން /  ޑިޕާރޓްމަންޓްތަކުގެ ވެރިންނާއި ކޯޑިނޭޓްކުރުން.

- މެނޭޖިންގ ޑިރެކްޓަރއާއި ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ޕްރޮޓޮކޯލް ހަމަޖައްސައި ދިނުން.

- މެނޭޖިންގ ޑިރެކްޓަރ އެކި ފަންކްޝަން ތަކުގައި ދެއްވަންޖެހޭ ސްޕީޗް އޭނާގެ އިރުޝާދުގެ ދަށުން ލިޔެ ތައްޔާރުކުރުން.

- މެނޭޖިންގ ޑިރެކްޓަރ ގެ ޑެސްކުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ/ނޯޓު/މެމޯ ތައްޔާރުކޮށް ފޮނުވުން.

- މެނޭޖިންގ ޑިރެކްޓަރ ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ކަމާއިބެހޭ ޑިޕާރޓްމަންޓް/ސެކްޝަނާއި ކޯޑިނޭޓްކުރުން، އަދި މިދަތުރު ތަކުގެ ދަތުރު ރިޕޯޓް ތައްޔާރުކޮށް އެކައުންޓްސް އެންޑް ފައިނޭންސްއަށް ފޮނުވުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 ޖުލައި 25 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމު (ފޯމްގައި، އިޢުލާން ނަންބަރާއެކު)
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5.  ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6.  ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7.  ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8.  ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން  އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

 

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-     މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ޖުލައި މަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ  3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

 

                             25 ޝައްވާލް  1438

                             19 ޖުލައި    2017

 

 

 

 

19 ޖުލައި 2017
ހޯދާ