ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭގައި ހުރި ސީޓްޕައިލްތަކެއް ނީލަމުގައި ވިއްކާލުން

އި ޢު ލާ ން

HDC (161)-PRO/IU/2017/102       ނަންބަރ:

ހުޅުމާލޭގައި ހުރި ސީޓްޕައިލްތަކެއް ނީލަމުގައި ވިއްކާލުން

މިކޯޕަރޭޝަނުގެ މުނިސިޕަލް ސައިޓް ސަރަހައްދުގައި ހުރި ބައު ސީޓްޕައިލްތަކެއް ނީލަމުގައި ވިއްކާލަން ގަސްތުކުރަމެވެ. މިތަކެތި ހުރި ސަރަހައްދުގެ ކުރެހުމެއް މިކޯޕަރޭޝަނުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ނީލަމުގައި ބައިވެރިވެލައްވަން ބޭނުން ފުޅުވާ ފަރާތްތަކުން 23 ޖުލައި 2017 ދުވަހުގެ 15:00 އަށް ހުޅުމާލޭގައި ހުންނަ މިކޯޕަރޭޝަންގެ މައި އޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ.

ނީލަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެދުވަހު ނީލަމުގައި ބައިވެރިވާ ފަރާތްތަކުން އަގެއް ހުށަހަޅައި، އެއަގަށް އިތުރުކުރަމުންގޮސް ތިން ފަހަރު ޖެހިޖެހިގެން އެއް އަގެއްގައި އޮވެއްޖެނަމަ އެފަރާތަކަށް ނީލަން ކާމިޔާބުވާ އުސޫލަށެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ހުރިހާ މުދަލެއް އެއްފަރާތަކަށް ކާމިޔާބުވާގޮތަށެވެ. އަދި ނީލަން ކާމިޔާބުކުރައްވާ ފަރާތަކުން 10 ދުވަހުގެ ތެރޭގައި ހުރިހާ މުދަލެއް ގެންގޮސް ނިންމަން ވާނެއެވެ.

 އަދި އިތުރުމަޢުލޫމާތު ބޭނުންފުޅު ވެލައްވާނަމަ އެޗް.ޑީ.ސީގެ 3355144 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                24 ޝައްވާލް 1438

                 18 ޖުލައި 2017

                 ‏

ޚާދިމްކުމް     

 

                                                                ޔާސިރު ހަސަން     

ޕްރޮކިއުމަންޓް މެނޭޖަރ  

                                            

 

18 ޖުލައި 2017
ހޯދާ