ގުރައިދޫ ޞިއްޙީ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި އިޢުލާންވަނީ 18 ޖުލައި 2017 12:30 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

 

 

މާލެއަތޮޅު ގުރައިދޫ ޞިއްޙީމަރުކަޒު

ކ.ގުރައިދޫ /ދިވެހިރާއްޖެ
                            ވަޒީފާގެ ފުރުސަތު
                               
                               ޢިޢުލާން

 މި ސިއްޙީމަރުކަޒުގެ ނަންބަރު: (KGH/2017/04) އިޢުލާން ބާޠިލްކޮށް އަލުން އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

.މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ގާބިލް މީހުންނެވެ 

 

 އެޑްމިނިސްޓްރޭޓިވް އޮފިސަރ  

 މަޤާމް

 އޮފިސަރ ގްރޭޑް1

 ބޭނުންވާ ޢަދަދު

 ދާއިމީ

 މަޤާމްގެ ގިންތި

 ޖީއެސް 3

 މަޤާމްގެ ރޭންކް

 އޮފިސަރ ގްރޭޑް 1

 މަޤާމްގެ ކްލެސިފިކޭޝަން

 އެޑްމިނިސްޓްރޭޝަން ޑިވިޝަން / އޮފީސް އެޑްމިނިސްޓްރޭޝަން

 ޑިވިޝަން / ސެކްޝަން

 ކ. ގުރައިދޫ ސިއްޙީމަރުކަޒު

 މަޤާމް އޮތް އޮފީސް 

 ކ. ގުރައިދޫ ސިއްޙީމަރުކަޒު

 ވަޒީފާ އަދާކުރަންޖެހޭ ތަން

 -/4465 ރުފިޔާ

 މުސާރަ

 -/1500 ރުފިޔާ

 ސަރވިސް އެލަވަންސް

 1.  ރަސްމީގަޑީގައި އޮފީސް ހުޅުވުމާއި ލެއްޕުން. އަދި ނުރަސްމީ ގަނޑީގައި އޮފީސް      ހުޅުވަންޖެހޭ ޙާލަތްތަކުގައި އިސްވެރިއެއްގެ ހުއްދައާއެކު ހުޅުވާ ލެއްޕުން.

 2.  ދާއިމީ މުވައްޒަފުންގެ ރަޖިސްޓްރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުމާއި ޤަވަޢިދުން އަޕްޑޭޓްކޮށް ބަލަހައްޓަމުން ގެންދިއުން.

 3.  މުވައްޒަފުންގެ ޙާޟިރީ ކަންތައްތައް ބެލެހެއްޓުން.

 4.  ކޮންމެ ދުވަހަކު ޔައުމިއްޔާ ލިޔުން.

 5.  ހުރިހާ މުވައްޒަފުންގެ ފައިލްތަށް ބެލެހެއްޓުން.

 6.  މުވައްޒަފުންނަށް އަންގަންޖެހޭ ލިޔުންތައް އިސްވެރިޔާގެ ލަފާގެ މަތިންއެންގުމާއި،   ވަޒީފާ އަދާކުރުމުގައި ފަރުވާ ކުޑަކުރާ މުވައްޒަފުންނަށް އަޅަންޖެހޭ ފިޔަވަޅުތަށް އިސްވެރިޔާގެ ލަފާގެމަތިން ވަގުތުން ވަގުތަށް ފޮނުވުން.

 7.  އަތޮޅުގެ ރަށްރަށަށް ފޮނުވަންޖެހޭ ލިޔެކިއުންތަށް އިސްވެރިޔާގެ ލަފާގެ މަތިން ވަގުތުން ވަގުތަށް ފޮނުވުން.

 8.  ޞިއްޙީމަރުކަޒަށް އިތުރުކޮށް ދެއްވާ މަޤާމް ތަކަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް މުވައްޒަފުންގެ ޤަވާޢިދާ އެއްގޮތަށް ކުރުމާއި މިކަމާއި ގުޅިގެން އެމަޤާމް ތަކަށް ސިޓީލާ ފަރާތް ތަކުން ހުށަހަޅާ ލިޔެކިއުންތައް ކަމާބެހޭ ފަރާތަށް ފޮނުވުން.

 9.  ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ކޮންޓްރެކްޓް އާކުރުމުގެ ކަންތައްތައް ކުރުން.

 10.  ޞިއްޙީމަރުކަޒުން މަރާމާތު ކުރަންޖެހޭ ތަކެތި މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތްބަލައި އެކަންކުރެވޭނެ އިންތިޒާމް  އިސްވެރިޔާގެ ލަފާގެ މަތިން ހަމަޖައްސައި ދިނުން.

 11.  ސްޓޮކް ބެލެހެއްޓުމުގައި މާލިއްޔަތު ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށް މަސައްކަތް ކުރުން.

 12.  ޙާޟިރީ ރިޕޯރޓް ތަށްޔާރުކުރުމާއި ދުވަހުން ދުވަހަށް ފޮނުވަން ޖެހޭ ފަރާތް ތަކަށް ފޮނުވުން.

 13.  ބަޖެޓް މަސައްކަތް ކުރުމުގައި އެހީތެރިވެ ދިނުން.    

 14.  މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތްތަށް ދިވެހި ސިވިލްސަރވިސްގެ ޤަވާޢިދާ އެއްގޮތަށް ކުރުން.

 15.  ޢާންމުންނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމާތުތަކާއި ޤަވަޢިދުތައް ޢާންމުންނަށް ފެންނާނެހެން ޞިއްޙީމަރުކަޒުގެ ނޯޓިސްބޯރޑްގައި ބެހެއްޓުމަށް ލަފާދީ އެކަން ކުރިއަށް ދާގޮތް ބެލުން. 

 16.  އަދި މީގެއިތުރަށް މަޤާމުގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 

 މަޤާމްގެ މަސްއޫލިއްޔަތުތަކާއި

 ވާޖިބްތަށް

 1.  ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތްސަރވިސް މެނޭޖްމަންޓް ބިޒްނަސްމެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކްރިލޭޝަން ،ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު ، ހިއުމަންރިސޯސް މެނޭޖްމަންޓް ،ހެލްތް ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް ،އެމްޕްލޯއީމަންޓް ލޯ، ޕަބްލިކްރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އެޑްމިނިސްޓްރޭޝަން، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން،ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއެއްގައި 2އަހަރުދުވަހުގެ މަސއްކަތުގެ ތަޖުރިބާލިބިފައިވުން.

 

 2.  ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ސީ ގްރޭޑް ލިބިފައިވުން.

 

 މަޤާމްގެ ޝަރުތުތައް

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާއުސޫލުން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް 

 އިތުރު އިނާޔަތްތައް

 1.  ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

 2.  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

 3.  ޤާބިލްކަން ކަށްވަރުކުރުމަށް އިންޓްވިއު ކޮށްގެން.

 ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް

 ހޮވުމަށް ބެލެވޭނެ ކަންތައްތައް

 ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ ، ކ. ގުރައިދޫ ސިއްހީމަރުކަޒުގެ ކައުންޓަރަށެވެ.

 ތަކެތި ހުށައެޅުމުގެ ސުންގަޑިއަކީ 30 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ  13:30އެވެ

 ތަކެތި ހުށައަޅަންޖެހޭ ތާރީޚް

 މުއްދަތުހަމަވި ތާރީޚުން  ފެށިގެން  15 ދުވަހުގެ ތެރޭގައި އިންޓަވިއު މިޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.

 ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޡު ހަމަވާ ފަރާތްތަކުގެ ޢަދަދު 10އަށްވުރެ ގިނަ ނަމަ ތަޢުލީމީފެންވަރާއި ތަޖުރިބާއަށް ބަލައި 10ފަރާތެއް  ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 އިންޓަވިއު އޮންނާނެ ތާރީޚާއި

 ތަން

 1. މަޢުލޫމާތު ފުރިހަމަކޮއްފައިވާ އެޕްލިކޭޝަން ފޯމް . (އެޕްލިކޭޝަންފޯމް ގުރައިދޫޞިއްޙީމަރުކަޒުގެ ކައުންޓަރުންލިބެން ހުންނާނެއެވެ، އަދި ސިވިލްސަރވިސްކޮމިޝަންގެ ވެބުސައިޓުން  www.csc.gov.mv އިން މިފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. )                             

 މަޢުލޫމާތު ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމްތަށް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ         

 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާއޮފީހުގެ ލިޔުން.

 3. ލިބިފައިވާ ތަޢުލީމީސެޓްފިކެޓް ތަކުގެ ކޮޕީ.

 (ހ) މޯލްޑިވުސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކާއި ، ރާއްޖެއިންބޭރުގެ މަތީތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮއްފައިވާ ސެޓްފިކެޓްތަށް ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިއުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވައިފައިވާ ލިއުމުގެ ކޮޕީއާއި ޓްރާންސްޓްކްރިޕްޓްގެ ކޮޕީ)

 (ށ) ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުން ހިންގަމުން ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރިޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސްފުރިހަމަކުރި ކަމުގެ ލިއުމުގެ ކޮޕީއާއި ޓްރާންސްކްރިފްޓްގެ ކޮޕީ

 (ނ) ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 4. ފުރިހަމަކޮއްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް ،މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮއްފައިވާ ލިއުންތަކުގެ ކޮޕީ. (ވަޒީފާއަދާކުރި މުއްދަތާއި ކުރިމަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮއްފައިވާ ލިއުމެއް)

 6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ،މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިއުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭ ފަދަ ކޮޕީ.

 7. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.    

 ހުށައަޅަންޖެހޭ ތަކެތި

 މިއިޢުލާން އާއި ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް މިޞިއްޙީމަރުކަޒުގެ ނަމްބަރ6640405 ފޯނަށް ގުޅުއްވުން އެދެމެވެ.

 

 އިތުރު މަޢުލޫމާތު

24 ޝައްވާލް 1438

18 ޖުލައި 2017

 
18 ޖުލައި 2017
ހޯދާ