މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ.ގާފަރު ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތުކުރުން

 

އިޢުލާން

 

ކ. ގުރައިދޫ، ކ.ގާފަރު އދި ގއ. ކޮލަމާފުށީ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތުކުރުމަށްޓަކައި 3 ޖުލައި 2017 ގައި ކުރެވުނު ނަންބަރު IUL) 23-AP/23/2017/99)  އިޢުލާނާއި ގުޅިގެން ކ.ގާފަރު ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތުކުރުމަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީވެ، ކ.ގާފަރު ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް        2017 ޖުލައި 24 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖުލައި 31 ވާ ހޯމަ ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

24 ޝައްވާލު 1438

 

 

18 ޖުލައި 2017
ހޯދާ