މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު: ސީނިއަރ ބިޒްނަސް ޑިވަލޮޕްމަންޓް އޮފިސަރ، ޕްރޮޖެކްޓް މެނޭޖަރ، ސިވިލް އިންޖިނިއަރ

ނަންބަރު:MREIC/IU/2017/0014

 

ވަޒީފާގެ ފުރުސަތު

މުވައްޒަފުން ބޭނުންވެއްޖެ:

                     މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ މުވައްޒަފުން ބޭނުންވެއެވެ.

 

މަޤާމް

ސީނިޔަރ ބިޒްނަސްޑިވެލޮޕްމަންޓް އޮފިސަރ

ބޭނުންވާ އަދަދު

01

މުސާރަ:

ދެފަރާތް އެއްބަސްވާ ގޮތުގެ މަތިން

އެހެނިހެން އެލަވަންސް/އިނާޔަތް:

ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިނާޔަތްތައް، އިތުރުގަޑީގެ ފާއިސާ، ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން /އެމްޓީސީސީ ސޯމިލް

ޝަރުތު:

ބިޒްނަސް  އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީއެއް ހާސިލްކޮށްފައިވުން.

 

މަތީގައި ދެންނެވިފައިވާ ސަނަދު އޮތުމާއެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 5-2 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

އެކައުންޓިންގެ އުސޫލުތަކާއި މިންގަނޑުތަކާއި ފައިނޭންޝަލް މެނޭޖްމަންޓް އަދި ބޭންކިންގެ ނިޒާމް ހިންގާގޮތުގެ އިގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

 

މައިކްރޮސޮފްޓް އޮފީސް ޕެކޭޖްއަށް ފަރިތަވުން.

 

މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

 

މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ 

މަސައްކަތް :

ކުންފުނީގެ ވިޔަފާރި ރާވައި ތަރައްޤީކުރުމާއި މަސައްކަތްތައް ކުރުން.

 

 

މަޤާމް: 

ޕްރޮޖެކްޓް މެނޭޖަރ

ބޭނުންވާ އަދަދު: 

01

މުސާރަ:

ދެފަރާތް އެއްބަސްވާ ގޮތުގެ މަތިން

އެހެނިހެން އެލަވަންސް/އިނާޔަތް:

ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިނާޔަތްތައް، އިތުރުގަޑީގެ ފާއިސާ، ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން /އެމްޓީސީސީ ސޯމިލް

ޝަރުތު:

ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ސިވިލް އިންޖީނިއަރިންގ އިން ބެޗްލަރސް ޑިގްރީ ހާޞިލްކޮށްފައިވުން

 

މަތީގައި ދެންނެވިފައިވާ ސަނަދު އޮތުމާއެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 2-5 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

އިގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

 

މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

 

މަސައްކަތް ކޯރޑިނޭޓް ކުރުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

 

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

ކުންފުނީގެ ދަށުން ބަލަހައްޓާ އެންމެހައި ޕްރޮޖެކްޓްތައް ރާވައި ހިންގުން.

 

 

މަޤާމް: 

ސިވިލް އިންޖީނިއަރ

ބޭނުންވާ އަދަދު: 

01

މުސާރަ:

ދެފަރާތް އެއްބަސްވާ ގޮތުގެ މަތިން

އެހެނިހެން އެލަވަންސް/އިނާޔަތް:

ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިނާޔަތްތައް، އިތުރުގަޑީގެ ފާއިސާ، ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯރޕަރޭޝަން /އެމްޓީސީސީ ސޯމިލް

ޝަރުތު:

ސިވިލް އިންޖީނިއަރިންގ ދާއިރާ އިން ބެޗެލަރސް ޑިގްރީ ހާޞިލްކޮށްފައިވުން.

 

މަތީގައި ދެންނެވިފައިވާ ސަނަދު އޮތުމާއެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން 2-5 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

 

އިގިރޭސި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

 

މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.

 

މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.

 

މަސައްކަތް ކޯރޑިނޭޓް ކުރުމުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

ކުންފުނީގެ ދަށުން ހިންގާ އެންމެހައި ޕްރޮޖެކްޓްތަކުގެ އިންޖީނިއަރިންގ ޑިޒައިން މަސައްކަތްތައް ކުރުން.

 

                     ވީމާ، މިމަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 10 އޮގަސްޓް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ.މި މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.

ފެކްސް ނަމްބަރ:               3001422            

އީމެއިލް:                    [email protected]

 

ނޯޓް:ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓުހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 

23 ޝައްވާލް 1438

17  ޖުލައި 2017

17 ޖުލައި 2017
ހޯދާ