މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ވަޒިފާގެ ފުރުޞަތު - އެސިސްޓަންޓް ޑިރެކްޓަރ (ވަގުތީ)

ވަޒީފާގެ ފުރުޞަތު

 

މަޤާމް:

އެސިސްޓަންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-289761

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ވަގުތީ

މުއްދަތު

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 07 ޑިސެމްބަރ 2018 ގެ ނިޔަލަށް

މަޤާމުގެ ރޭންކް:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓަންޓް ޑިރެކްޓަރ

ސެކްޝަން/ޔުނިޓް:

އިންޑަސްޓްރީ ހިއުމަން ރިސޯސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޔުނިޓް

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ، ކ. މާލެ

މުސާރަ:

މަހަކު -/7035 ރ.

ސަރވިސް އެލެވަންސް:

މަހަކު -/2000 ރ.

އިތުރު އެލަވަންސް:

މުސާރައިގެ %35

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނާއި ގުޅޭގޮތުން މިނިސްޓްރީން ކޯޑިނޭޓްކޮށް ކުރަންޖެހޭ ކަންކަމުގައި ޢަމަލީގޮތުން މަސައްކަތްކުރުން.
  2. ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ މީހުން ބިނާކުރުމަށްޓައި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް އަދި ސޯޝަލް ރެސްޕޯންސިބިލިޓީ އާއިގުޅޭ ޕްލޭނިންގ މަސައްކަތް ކުރުން.
  3. މިނިސްޓްރީއިން ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި ޖަމުއިއްޔާތަކާއި ކުރަންޖެހޭ މުޢާމަލާތްތައް މިމިނިސްޓްރީއާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުން އަދި އޭގެ ރެކޯޑް ބެލެހެއްޓުން.
  4. މިމިނިސްޓްރީއާއި ބައިނަލްޢަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތައް ގުޅިގެން ހިންގޭ މަޝްރޫޢު/ ޕްރޮގްރާމްތަކަށް މިމިނިސްޓްރީން ދޭންޖެހޭ ފަންނީ އެހީތެރިކަން ފޯރުކޮށްދީ އެކަން ވިލަރެސްކޮށް ބެލެހެއްޓުން.
  5. ފަތުރުވެރިކަމުގެދާއިރާއާއި ގުޅުން ހުރި ބައިނަލް ޢަޤްވާމީ އެކި ބައްދަލުވުންތަކާއި ޙަރަކާތްތަކުގައި މިމިނިސްޓްރީން ބައިވެރިވުމަށް ކުރަން  ޖެހޭ މުޢާމަލާތްތައްކޮށް އޭގެ ރެކޯޑް ބެލެހެއްޓުން.
  6. މިމިނިސްޓްރީއިން ބައިވެރިވާ ކޮފަރަންސްތަކާއި މަޝްވަރާތަކަށް ބޭނުންވާ ދިރާސާ ކަރުދާސްތައްޔާރުކުރުން.
  7. ބައިނަލް އަޤްވާމީ ބައްދަލުވުންތަކުން ނިންމޭ ކަންކަން ތަންފީޒްކުރާ މިންވަރު ބަލައި އޭގެ ރިކޯޑް ބެލެހެއްޓުން.
  8. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ބައްޓަން ކުރުމަށް ސަރުކާރުގެ ދާއިރާތަކާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން ބައިނަލް ޢަޤްވާމީ މަޝްރޫއުތައް/ ޕްރޮގްރާމް  ތަންފީޒް ކުރުމަށް މެދުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުން.
  9. އިންޑަސްޓްރީ ހިއުމަން ރިސޯސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަން ޔުނިޓްގެ މަސައްކަތް ރާވާ، ހިންގާ އަދި މުވައްޒަފުން ސުޕަވައިޒް ކޮށް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން.

މަޤާމުގެ ޝަރުޠުތައް:

1. ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

2. ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

4. ހިއުމަން ރިސޯސް މެނޭޖްމަންޓް/ އިންޓަރނޭޝަނަލް ރިލޭޝަންސް/ޓޫރިޒަމް މެނޭޖްމަންޓުންކުރެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަނޭޖްމަންޓް ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ  މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ފަތުރުވެރިކަމާއި / އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއަކުން މަސައްކަތު ތަޖްރިބާ ލިބިފައިވުން.
  2. ކޮމްޕިއުޓަރު ބޭނުންކޮށްގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވުން.
  3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއް ކަމުގައިވުން.
  4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއް ކަމުގައިވުން.
  5. އިނގިރޭސި ފެންވަރު ރަނގަޅު މީހެއް ކަމުގައިވުން.
  6. ޤާނޫނުތަކާއި ޤަވާޢިދުތަކަށް އަހުލުވެރިވެރި މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (www.tourism.gov.mv ވެބްސައިޓްގައިވާ ނަމޫނާއާއެއްގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ޓޫރިޒަމްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.tourism.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 ޖުލައި 2017 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected]  އެވެ. ފެކްސް ނަންބަރަކީ، 3322512 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ،  20 ޖުލައި 2017  އާއި 03 އޮގަސްޓް 2017 އާ ދެމެދު، މިނިސްޓްރީ އޮފް ޓޫރިޒަމްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއާއި ޕްރެކްޓިކަލްއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަވިކުރުމަށްފަހު އެންމެ މަތިން މާކްސް ލިބޭ 5 ފަރާތް ޕްރެކްޓިކަލްއަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ އަކީ %30 އެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3022225 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3322512 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

12 ޖުލައި 2017
ހޯދާ