ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސްޕަވައިޒަރ ( ސިވިލް ),ޑްރާފްޓްސްމަން,އެސިސްޓެންޓް މެނޭޖަރ

ނަންބަރު:FNK/A/IUL/2017/304   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

ސްޕަވައިޒަރ ( ސިވިލް )

މަޤާމް:

(1) އެކެއް

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިޕާރޓްމެންޓް

ޑިޕާރޓްމަންޓް:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

6040ރ ( ހަހާސް ސާޅީސް ރުފިޔާ )

އަސާސީ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 (ހަތަރެއް) ސަނަދެއް ޙާސިލްކޮށްފައިވުމާއި އެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 (ފަހެއް) ސަނަދެއް ޙާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކި ވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 1 (އެކެއް) ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ،

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، ޖީ.އެސް 4 (ހަތަރެއް) ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއި އެކު، އެމް.އެސް 1 (އެކެއް) ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ރ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އެޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

(ހ) ޕްރޮޖެކްޓްސް ޑިޕާރޓްމެންޓުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ބެލެހެއްޓުމަށް ހަވާލުކުރެވޭ މަޝްރޫޢުތައް މެނޭޖްކުރުން. މި ގޮތުން  ހިނގަމުންދާ މަޝްރޫޢުތައް ސުޕަރވައިޒްކޮށް ގަވާޢިދުން މޮނިޓަރކުރުން.

(ށ) ހިންގޭ މަޝްރޫޢު ތަކުގެ އެސެސްމެންޓް ހެދުމަށާއި މޮނިޓަރކޮށް ބެލުމަށް ރަށްރަށަށް ދަތުރު ކުރުން.

(ނ) ހަވާލުކުރެވިފައިވާ މަޝްރޫޢޫތަކުގެ މަސައްކަތް ހިނގަނީ ޓެކްނިކަލީ ގޮތުން އެންމެ ރަގަޅަށްތޯ ބަލާ ޔަގީންކުރުން.

(ރ) މަޝްރޫއުތައް ހިންގުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ފަންނީ ލަފާ އަދި އެހީތެރިކަން ދިނުން

(ބ) ހަވާލުކުރެވޭ ޕްރޮޖެކްޓްތައް ބެލެހެއްޓުމުގައި ޕްރޮޖެކްޓް މެނޭޖަރެއްގެ ދައުރު އަދާކޮށް ޕްރޮޖެކްޓް މެނޭޖްކުރުން. މި ގޮތުން ޕްރޮޖެކްޓްގެ ފޯކަލް ޕޮއިންޓެއްގެ ދައުރު އަދާކޮށް، ޕްރޮޖެކްޓް ކޮންޓްރެކްޓަރާއި މުޢާމަލާތުކޮށް، މަސައްކަތުގެ އަޕްޑޭޓް ހޯދުން.

(ޅ) މަޝްރޫޢު ތަކާއި ގުޅުންހުރި އެންމެހާ ފަރާތްތަކާއި ކޯޑިނޭޓް ކޮށް ތަފްސީލު ގަވާއިދުން ހިއްސާކުރުން ޖެހޭ ފަރާތްތަކާއި ހިއްސާކުރުން.

(ކ) މަޝްރޫޢުތައް އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ދަތުރު ކުރަން ޖެހިއްޖެ ހާލަތެއްގައި ބްރާންޗްތަކަށް ދަތުރުކުރުން. އަދި ޑިޕާރޓްމެންޓްގެ ވެރިން އެދިލައްވައިފި ހިނދެއްގައި ހިނގަމުންދާ މަޝްރޫޢުތަކުގެ ހާލަތު ބެލުމަށް އެ ސައިޓްތަކަށް ދަތުރުކުރުން.

މަސްޢޫލިއްޔަތު ތައް:

ޑްރާފްޓްސްމަން

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ޑިޕާރޓްމަންޓް:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

6290ރ. ( އެލަވަންސް ތަކާއި އެކު 12140ރ.)

އަސާސީ މުސާރަ:

  •  ސެޓްފިކެޓް ލެވެލް 4 ހާސިލް ކޮށްފައިވުން ( ގުޅުންހުރި ދާއިރާއަކުން)
  •  ގުޅުންހުރި ދާއިރާއެއްގައި 5 އަހަރު ދުވަހުގެ ތަޖުރިބާލިބިފައިވުން
  • ފަންނީއެހީތެރިކަން ފޯރުކޮށްދިނުމާއި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ތަޖްރިބާލިބިފައިވުން

 

ފެންވަރު ނުވަތަ ޝަރުތު:

ޑިވިޜަންގެ އެންމެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ޑިވިޜަންގައި ކުރެވޭ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތައް ރާވާހިންގުން، އެގޮތުން:

  • އާރކިޓެކްޗަރަލް، ސްޓްރަކްޗަރަލް އަދި ސަރވިސަސް ކުރެހުންތައް ޑްރާފްޓްކުރުން
  • ރޭވިފައިވާ މަޝްރޫޢުތަކުގެ ސައިޓް ސަރވޭކޮށް އެނަލައިޒް ކުރުން
  • ހަވާލު ކުރެވޭ މަޝްރޫޢުތަކުގެ 'އޭޒް ބިލްޓް' ކުރެހުން ހެދުން
  • ގުޅުން ހުރި މަސައްކަތްތަކާއި ގުޅޭ ރިޕޯރޓް ތައްޔާރުކުރުން
  • ޑިވިޜަންގެ އެހެނިހެން ފަންނީ މަސައްކަތްތައް ކުރުން

 

މަސްޢޫލިއްޔަތު ތައް:

  • ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން
  • ރިޕޯޓު ލިޔުމުގެ ހުނަރު އަދި ދިރާސާ ކުރުމުގެ ހުނަރު
  • ދެވިފައިވާ ލަނޑުދަނޑިތަކަށް މަސައްކަތްކޮށް ނަތީޖާނެރުމުގެ ހުނަރު
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ އަދި ކަނޑުދަތުރުފަތުރު ކުރުމުގެ ގާބިލްކަން
  • އަމިއްލައަށް އިސްނެގުމާއި ތަފާތުނަސްލުތަކުގެ މީހުނާއެކު މަސައްކަތް ކުރުމުގެ ގާބިލްކަން ލިބިފައިވުން

އެހެނިހެން ހުނަރު:

އެސިސްޓެންޓް މެނޭޖަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް

ޑިޕާރޓްމަންޓް:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

5610ރ. ( ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ )

އަސާސީ މުސާރަ:

މުސާރައިގެ %30

ސަރވިސް އެލަވަންސް:

މުސާރައިގެ %20

ޙާޒިރީ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 (ހައެއް) ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ށ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 2 (ދޭއް) ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުމް، ނުވަތަ

(ނ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު އެމް.އެސް 1 (އެކެއް) ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކްގައި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، އެމް.އެސް 2 (ދޭއް) ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން

(ބ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން

ފެންވަރު ނުވަތަ ޝަރުތު:

(ހ) އިމްޕްލިމެންޓޭޝަން ޔުނިޓް ގެ އިދާރީ ކަންތައް ބެލެހެއްޓުމުގައި އެހީތެރިވެ ދިނުން. މި ގޮތުން އިސްކޮށް ހުންނަވާ ވެރީން ދެއްވާ އިރުޝާދުގެ ދަށުން ޔުނިޓް ގެ ލިޔެކިޔުންތައް މެނޭޖްކުރުން

(ށ) މަޝްރޫޢުތައް ބަލަހައްޓާ ޕްރޮޖެކްޓް މެނޭޖަރުންނާއި ކޯޑިނޭޓްކޮށް، ހިނގަމުންދާ މަޝްރޫޢުތަކުގެ ރެޖިސްޓަރ އަޕްޑޭޓްކޮށް ބެލެހެއްޓުން.

(ނ) ހިނގަމުންދާ ޕްރޮޖެކްޓެއް ބެލެހެއްޓުން ހަވާލުކުރެވިއްޖޭ ހާލަތެއްގައި، ޕްރޮޖެކްޓް މެނޭޖަރެއްގެ ދައުރު އަދާކޮށް އެ ޕްރޮޖެކްޓް މެނޭޖްކުރުން. މި ގޮތުން ޕްރޮޖެކްޓްގެ ފޯކަލް ޕޮއިންޓެއްގެ ދައުރު އަދާކޮށް، ޕްރޮޖެކްޓް ކޮންޓްރެކްޓަރާއި މުޢާމަލާތުކޮށް، މަސައްކަތުގެ އަޕްޑޭޓް ހޯދުން އަދި ކޮންޓްރެކްޓް މެނޭޖްކުރުން.

(ރ) ކުންފުނިން ހިންގުމަށް ނިންމާފައިވާ ޕްރޮޖެކްޓްތައް ހިންގާނޭ ޕްލޭނެއް އެކުލަވާ ލުމުގައި ޑިޕާރޓްމެންޓް ގެ އިސްވެރީންނަށް މަޝްވަރާ އާއި ލަފާ ދިނުން.

(ބ) ރަނގަޅު މަސައްކަތުގެ މާހައުލެއް ބިނާ ކުރުމުގައި އެހީތެރިވެ ދިނުން. މި ގޮތުން، ސެކްޝަންގެ މުވައްޒަފުންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، މުވައްޒަފުން މެދުގައި ރަގަޅު ޓީމްވޯރކް އަކާއި މަސައްކަތްކުރުމުގެ ރޫހު އާލާކުރުން.

(ޅ) މަޝްރޫޢު ތަކުގެ ހާލަތު ދެނެގަތުމަށް ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ބްރާންޗްތަކަށް ދަތުރުކުރުން.

(ކ) ޔުނިޓްގައި މަސައްކަތް ކުރާ ޖޫނިއަރ އިދާރީ މުވައްޒަފުންނަށް މަސައްކަތް ޑެލިގޭޓްކޮށް، އެ މުވައްޒަފުންގެ މަސައްކަތް ސުޕަރވައިޒްކުރުން.

(އ) ޑިވިޜަން ގެ ހިންގުމާއި ހަވާލުވެ ހުރި ފަރާތް އަންގައިފި ހިނދެއްގައި ޑިވިޜަން އާއި ގުޅުން ހުރި އެހެނިހެން މަސައްކަތްތައް ކުރުން.

މަސްޢޫލިއްޔަތު ތައް:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  08:00 – 15:00 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތް ނަމަ މި ކުންފުނިން ބަލާ މިންގަނޑުގެ ތެރެއިން ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ, އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

  • އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
  • މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

15 ޝައްވާލް 1438

09 ޖުލައި   2017

09 ޖުލައި 2017
ހޯދާ