ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
ހޯލްއިމާރާތުގެ ދޮރާއި ދޮރުފަތްލުމާއި ސީލިންގ މަރާމާތު ކުރުން

 

އިޢުލާން

 

ކަނޑޫދޫ ސްކޫލު

ތ.ކަނޑޫދޫ

 

މިސްކޫލުގައި ތިރީގައި މިދަންނަވާ މަރާމާތު ތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

  • ·          ހޯލް ޢިމާރާތުގެ ކުލާސްރޫމު ތަކުގައި ދޮރާއި ދޮރުފަތް ލުން
  • ·         ހޯލް އިމާރާތުގެ ކުލާސް ރޫމުތަކުގެ ސީލިންގމަރާމާތު ކުރުން

 

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ކަމުގައިވެސް ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެވޭނީ، ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކަށްވެސް މަޢުލޫމާތު ސާފުކުރެވޭނީ އެއްފަރާތެއްގެ ނަމުގައެވެ. އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެ ކަމުގައި ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ތާރީޚު

އަންދާސީ ހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚު.

10 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 11:30

13 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 11:30

 

އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި 7906486 ފޯނާ ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ. ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

 

                                       10 ޝައްވާލު   1438

 04 ޖުލައި    2017

 

 

 

04 ޖުލައި 2017
ހޯދާ