މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
1438ހ ވަނަ އަހަރުގެ ޙައްޖު ދަތުރުގައި ހިލޭސާބަހަށް މަސައްކަތް ކޮށްދޭނެ މީހުން ހޯދުން

އިޢުލާނު

 

މިކޯޕަރޭޝަންގެ ފަރާތުން 1 ޖޫން 2017 ގައި ކޮށްފައިވާ ނަންބަރު IUL)MHCL-HRM/1/2017/10) އިޢުލާނުގައިވާ އިމާމުގެ މަޤާމަށް އެކަށީގެންވާ އަދަދެއްގެ ފަރާތްތަކުން ކުރިމަތި ލާފައި ނުވާތީ އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

                      ވަޒީފާގެ ފުރުޞަތު

މަޤާމު:

އިމާމް (ފިރިހެން)

އަދަދު:

  • 02

ފެންވަރު ނުވަތަ ޝަރުޠު

  • ޝަރީޢާ އިސްލާމިއްޔާ، ފިޤްހު ނުވަތަ ދީނީ ޢިލްމުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން.
  • ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވުމާއެކު އެކަމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްހަތު ރަނގަޅު މީހެއް ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކަނޑައެޅޭ ތާވަލާ އެއްގޮތަށް ޙާޖީންނަށް ދީނީ ދަރުސް ދިނުން.
  • ދީނީ އެކި ކަންކަން އޮޅުން ފިލުވަން އަންނަ ފަރާތްތަކަށް މަޢުލޫމާތާއި އިރުޝާދު ދިނުން.
  • ޙައްޖުގެ އަޅުކަމާ ގުޅޭ އެންމެހާ ކަންކަމުގައި އިސްދައުރެއް އަދާކުރުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ޙައްޖުގެ މަޝާއިރުތަކުގައި ޙައްޖުވެރިންނަށް އެހީތެރިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު (މިފޯމު ކޯޕަރޭޝަނުން އަދި ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv އިން ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުން ގަޑި:

  • 11 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަހުން މުޢަމަލާތްކުރަން އެނގިވަޑައިގަންނަވާ ނުވަތަ ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ.

 

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

06 ޖުލައި 2017
ހޯދާ