މިލަންދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރައިމަރީ ޓީޗަރ

މަޤާމް       :ޓީޗަރ(ޕްރައިމަރީ)

މަޤާމުގެ ނަންބަރު : J-283176

ބޭނުންވާ އަދަދު  : 01

މަޤާމުގެ ގިންތި  : ދާއިމީ

މަޤާމުގެ ރޭންކް : ސީ.އެސް 11-15

މަޤާމުގެ ކްލެސިފިކޭޝަން :ސްކޫލް ޓީޗަރސް

ސެކްޝަން : އެކަޑަމިކް

މަޤާމް އޮތް އޮފީސް : މިލަންދޫ ސްކޫލް

ވަޒީފާ އަދާކުރަން ޖެހޭ: މިލަންދޫ ސްކޫލް / ށ. މިލަންދޫ 

ތަން        : މިލަންދޫ ސްކޫލް / ށ. މިލަންދޫ

މުސާރަ       :    (މިމަޤާމަށް މުސާރަ ހަމަޖައްސާނީ ލިބިފައިވާ ސެޓްފިކެޓް ލެވެލަށް ބަލައިގެންނެވެ.)

ސަރވިސްއެލަވަންސް:     (މިމަޤާމަށް ސަރވިސް އެލަވަންސް ހަމަޖައްސާނީ ލިބިފައިވާ ސެޓްފިކެޓް ލެވެލަށް ބަލައިގެންނެވެ.)

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. އެޑިއުކޭޝަން ކޮލިފިކޭޝަން އެލަވަންސް.

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:

ސަނަދު

މުސާރައިގެ އިންސައްތަ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް އޮތުން

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 6 ގެ ސަނަދެއް އޮތުން

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ގެ ސަނަދެއް އޮތުން

 15%

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-     ކިޔަވައިދޭން ލިބޭ ވަގުތުކޮޅުގެ ބޭނުން ދަރިވަރުންނަށް އެންމެ ފައިދާހުރި އަދި ވީހާވެސް އުފެއްދުންތެރި ގޮތުގައި ހިފުމާއި، އަދި ރަނގަޅަށް ތައްޔާރުވެގެން ކިޔަވައިދިނުން.

2-     ކުރިއަށް އޮންނަ ހަފްތާއަށް ލެސަންޕްލޭންކޮށް ޓީޗިންގ އެއިޑްސް ތައްޔާރުކުރުން.

3-     ސްކީމް އޮފް ވާރކް ތައްޔާރުކުރުން.

4-     އުނގެނުމުގައި ތަފާތު ފެންވަރުގެ ދަރިވަރުން ތިބޭނެކަން ހަނދާންކޮށް އުނގެނުމުގައި ތަފާތު ދަރަޖައިގެ ކުދިންނަށް ވަކިވަކިން އެހީތެރިވެދޭނެ ގޮތަކަށް ކިޔަވައި ދިނުން.

5-     ދަށުފަންތީފެ ކުދިންނަށް ރިމީޑިއަލް ހިންގުމާއި މޮޅުކުދިންނަށް އެންރިޗްމެންޓް ކުލާސްތައް ރާވައިހިންގުން.

6-     ދަރިވަރުން ކުރާމަސައްކަތް ބަލައި ރަނގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްތައް ފާހަގަކުރުން.

7-     ކިޔަވައިދެއްވާ އެއްޗެއް ދުވަހުން ދުވަހަށް ކުލާސް ރެކޯޑުގައި ލިޔުން.

8-     ޔުނިޓްތައް ނިމުމުން ނުވަތަ ޕްލޭންކޮށްފައިވާ އުޞޫލުން، ކިޔަވައިދެވުނު އެއްޗެއް ދަރިވަރުންނަށް ޙާޞިލްވެފައިވާ މިންވަރު ވަޒަންކުރުން.

9-     ދަރިވަރުންނަށް އެކަށީގެންވާ މިންވަރަށް ހޯމްވާރކް ދިނުން އަދި އެތަކެތި ޗެކުކުރުން.

10- ކްލާސް ޓީޗަރއެއް ނަމަ ދަރިވަރުންނާއި އެކު އެސެމްބުލީއަށް ދިއުން، ހަމަ އެހެންމެ އެނޫން ޓީޗރުންވެސް ކޮންމެ ދުވަހެއްގެވެސް އެސެމްބްލީގައި ބައިވެރިވުން.

11- އެޓީޗަރަކު ކިޔަވައިދެއްވާ މާއްދާއަކުން ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯދައިދިނުމުގައި ޓީޗަރަކީ ޤާބިލް، އެކަމަށްޓަކައި ޝައުޤުވެރިކަމާއިއެކު މަސައްކަތްކުރާ މީހަކަށްވުން.

12- ސްކޫލުން ބާއްވާ ބައްދަލުވުންތަކަށާއި، ޖަލްސާތަކަށް ޙާޟިރުވުން.

13- ސުވާލުޕޭޕަރާއި، މާކިންގ ސްކީމް ސްކޫލުން އަންގާ ގޮތުގެމަތިން ތައްޔާރުކޮށް ޓެސްޓް ޕޭޕަރ މާކުކޮށް ޓެސްޓް އިންވިޖިލޭޓް ކުރުން.

14- ސްކޫލުން ކަނޑައަޅާފައިވާ ގޮތަށް ރިޕޯޓް ފޮތްތައް ހެދުމާއި، ދަރިވަރުންގެ އެނަލިލިސް ފޯމްތައް ހެދުން.

15- ސްކޫލުންދޭ އިރުޝާދާއި އެއްގޮތަށް ކަރިކިއުލަރ އަދި ކޯކަރިކިއުލަރ ޙަރަކާތްތައް ހިންގުން.

16- ޓީޗަރ ޙާޟިރުވާންޖެހޭ އެންމެހައި ކަންތައްތަކުގައި ޙާޟިރީއަށް ޚާއްޞަ ސަމާލުކަމެއް ދިނުން.

17- ޓީޗަރަށް ޙާޟިރުނުވެވޭފަދަ ކަމެއް ދިމާވެއްޖެނަމަ ސްކޫލުން އެކަމާއިމެދު ޢަމަލުކުރުމަށް އަންގަވާފައިވާ ގޮތުގެ މަތިން ޢަމަލުކުރުން.

18- ސްކޫލު ރަސްމީގަޑީގައި ސްކޫލުން ބޭރަށް ދާންޖެހިއްޖެ ޙާލަތެއްގައި އެޓީޗަރެއްގެ ކަންތައްތައް ބަލަހައްޓަވާ ލީޑިންގ ޓީޗަރުންގެ ހުއްދަ ހޯދުން.

19- ޓީޗަރުން ބައިވެރިވާ ކޮންމެ ޙަރަކާތެއް ކާމިޔާބު ޙަރަކާތަކަށް ހެދުމަށް މަސައްކަތްކުރުން.

20- ސްކޫލުގެ ކުރިއެރުމަށް ހިންގާ ކޮންމެ ޙަރަކާތެއްގައި ޢަމަލީގޮތުން ބައިވެރިވެ އެހީތެރިކަންދިނުން.

21- ދަރިވަރުންނާއި ބެލެނިވެރިންގެ ކުރިމަތީގައި ތިމާގެ އިޙްތިރާމް ނުގެއްލޭގޮތަށް ޢަމަލުތައް ބެހެއްޓުން.

22- ޓީޗަރުންގެ ދާއިރާއާއި ގުޅޭގޮތުން އަދަބުވެރިކަމާއި އިޙްތިރާމް ދެމެހެއްޓުމަށް މަސައްކަތްކުރުން.

23- ސްކޫލާއި ސްކޫލުގެ މުވައްޒަފުންނާއި، ދަރިވަރުންގެ ކަރާމާތް ގެއްލިދާފަދަ އެއްވެސް ވާހަކައެއް ނުދެއްކުން ނުވަތަ އެފަދަކަމެއް ނުކުރުން.

24- ދަރިވަރުންނަށް ކިޔަވައިދޭ ރަސްމީ ސެޝަން ނޫން ގަޑިތަކުގައި ދަރިވަރުން ޙާޟިރުވާއިރު ޓީޗަރު ޙާޟިރުވުމަށް އަންގަވާފައިވާނަމަ ދަރިވަރުން ޙާޟިރުވުމުގެ 10 މިނިޓް ކުރިން ޙާޟިރުވުން.

25- ކުލާސްޓީޗަރުން ކުލާސް ދޫކޮށްލަންވާނީ އެންމެފަހު ދަރިވަރު ދިއުމުންނެވެ.

26- ސްކޫލުގެ ހުރިހާ ޤަވާޢިދުތަކަށާއި ތަނުގެ މުވައްޒަފުންނަށް އިޙްތިރާމް ކުރުން.

27- ދަރިވަރުން ދުވަހުގެ ކިޔެވުން ނިންމާ ގެއަށް ދިއުމުގެ ކުރިން ދަރިވަރުންނަށް ހެޔޮ ނަޞޭޙަތް ދިނުން. މިގޮތުން ސްކޫލު ކުދިންގެ އާއްމު ޤަވާޢިދުގެ ބައެއް ޕޮއިންޓުތައް ހަނދާންކޮށްދިނުން.

28- ދަރިވަރުން ކުލާހަށް ވަންނަން ފެށުމުގެ ކުރިންނާއި، އިންޓަވަލް ގަޑި ނިންމުމަށްފަހު ކުދިން ކުލާހަށް ވަނުމުގެ ކުރިއަށް ކުލާހަށް ޙާޟިރުވުން.

29- ދަރިވަރުން އެކުދިންގެ ވިސްނުން ބޭނުންކޮށްގެން އަމިއްލައަށް އުނގެނުމުގެ މަގުތައް ފަހިކޮށްދިނުން.

30- ރިލީފް ގަޑިއެއް ނަގަންޖެހިއްޖެ ޙާލަތެއްގައި ނެގުން.

31- ދަރިވަރުންނަށް ކައުންސިލިންގ ދީ ނަޞޭހަތް ދިނުމަކީ ޓީޗަރުން ކުރައްވާ ކަމެއް ކަމުގައި ހައްދަވައި، ލީޑިންގ ޓީޗަރުންނަށް އެންގުން އެއީ އެންމެ ފަހުފިޔަވަޅު ކަމުގައި ހެދުން.

32- ޓީޗަރުން ވާންވާނީ ހުރިހާ ދަރިވަރުންނަށް ހަމަހަމަކޮށް ކަންތައްކުރާ އިންސާފުވެރި މީހެއްކަމުގައެވެ. އަދި ހުރިހާ ދަރިވަރުންގެ މެދުގައި އިންސާފް ޤާއިމް ކުރުމަށް މަސައްކަތްކުރުން.

33- ދަރިވަރުންނަކީ އަޚްލާޤީ ގޮތުން ރަނގަޅު ދަރިވަރުންތަކަކަށް ހެދުމާއި، އެދަރިވަރުންނަކީ ޤައުމަށް ފައިދާހުރި ދަރިވަރުންތަކަކަށް ހެދުމަށް މަސައްކަތްކުރުމަކީ ޓީޗަރުގެ ޒިންމާއެވެ.

34- އިނގިރޭސި ބަހުންހުރި މާއްދާތައް ކިޔަވައިދެއްވާއިރު އިނގިރޭސިބަހުން ކިޔަވައިދެއްވުމާއި، ދަރިވަރުން އިނގިރޭސިބަހުން ވާހަކަދެއްކުމަށް ބާރުދީ އެކަމަށް ހިތްވަރުދިނުން.

35- ކުލާސްރޫމް ސާފުތާހިރުކޮށް ބޭއްވުމަށާއި ދަރިވަރުން ސާފުތާހިރުކޮށް ތިބުމަށް ބާރުއެޅުން.

36- ދަރިވަރުންގެ މެދުގައި ފޮތްކިޔުމުގެ އާދައާއި ޝައުޤުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.

37- ކުއްޖާގެ އަޚްލާޤީ ކަންތައްތައް ބަލައި، އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

38- ދަރިވަރުންނަށް ނަޞޭޙަތްދީ، ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށް މަސައްކަތްކުރުން.

39- ސްކޫލުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރުން.

40- އުނގެނުމަށް މަގުފަހިވާފަދަ ކުލާސްރޫމެއް ޤާއިމްކުރުން.

41-  ސްކޫލުގައި ހިންގޭ އިތުރު ޙަރަކާތްތައް ރާވައި ހިންގުމުގައި ސްކޫލުން އެދިއްޖެ ހިނދެއްގައި އެއްބާރުލުން ދިނުން.

މަޤާމުގެ ޝަރުޠުތައް:

މަގާމް ނަން

ކްލެސިފިކޭޝަން

ސިވިލްސަރވިސް ރޭންކް

އަސާސީ ޝަރުތު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,640.00

2,500.00

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,320.00

2,500.00

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

10,100.00

2,500.00

CS15-2

  • ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއިއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ  އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން، ނުވަތަ

9,910.00

2,500.00

  • ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް  ޙާޞިލުކޮށްފައި އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS13 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,850.00

2,500.00

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ  3-CS13 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9,360.00

2,500.00

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2- CS13 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

8,890.00

2,500.00

CS13-2

ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ  އެއަށްވުރެ މަތީ ސަނަދެއް  ޙާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8,440.00

2,500.00

ޓީޗަރ

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

8,250.00

2,500.00

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,840.00

2,500.00

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7,450.00

2,500.00

CS11-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް  ހާސިލްކޮށްފައިވުމާއިއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

7,070.00

2,500.00

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބަލާނީ ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން 01 އޭޕްރީލް 2013 ގައި ޝާއިއުކޮށްފައިވާ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކަށެވެ. މިގޮތުން މިވަޒީފާތަކަށް އެންމެ

ޤާބިލުފަރާތެއް ކަނޑައަޅާނީ A2 ފޯމުގައިވާ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ

ޤާބިލުފަރާތް ކަމުގައި ކަނޑައަޅައިގެންނެވެ.

  1. ލިބިފައިވާ ތަޢްލީމާއި ތަމްރީން %50
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ %20

3. ލިބިފައިވާ ހުނަރު %30 (އިންޓަރވިއު އަދި ޕްރެކްޓިކަލް)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިލަންދޫ ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ޖުލައި 11 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މިލަންދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،    [email protected]އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ،  11 ޖުލައި 2017  އާއި 13 ޖުލައި 2017 އާއި ދެމެދު، މިލަންދޫ ސްކޫލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %30

އިތުރުމަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540541 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6540595 އެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

           02 ޖުލައި 2017މ.

 

 

                                                                  އަބްދުލް ޚަލީލް މުޙައްމަދު

                                                                     ޓީޗަރ(ލީޑިންގ)

 

 

 

02 ޖުލައި 2017
ހޯދާ