ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
މި އެސޯސިއޭޝަންގެ ބިމެއް ކުއްޔަށްދިނުން

މި އެސޯސިއޭޝަންގެ ދަށުގައިވާ މާލޭ ކުޅިވަރު އެކުވެނީގެ ގޯތިތެރޭގައި އިންޑޯ ހޯލާ އިންވެގެން ހުޅަނގަށް ސްޓޭޑިއަމްގެ ކުރިމަތިން މި އެސޯސިއޭޝަނަށް ލިބިފައިވާ ބިން މި އެސޯސިއޭޝަނުން ބޭނުންވާ ގޮތަށް ތަރައްޤީކޮށްދޭ ފަރާތަކަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ މިބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 02 ޖުލައި 2017 ވާ ހޯމަ ދުވަހުގެ 14.30 އަށް މި އެސޯސިއޭޝަންގެ އޮފީސް މާލޭކުޅިވަރުއެކުވެނި، މާފަތްތަކުރުފާނުމަގު އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 14.30 އަށް މި އެސޯސިއޭޝަނަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި މި އިޢުލާން ނަމްބަރު ލިޔެފައި އޮންނަން ވާނެއެވެ. ޕްރޮޕޯސަލް ކެނޑުން އޮންނާނީ ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި 05 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 14.35 ގައި މި އެސޯސިއޭޝަން ގައެވެ.

ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި، އަދި ގަޑި ޖެހުމުގެ ފަހުން ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

22 ޖޫން 2017
ހޯދާ