ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ގްރެފިކްސް ޑިޒައިނަރ

މަޤާމް :އެސިސްޓެންޓް ގްރެފިކްސް ޑިޒައިނަރ
ބޭނުންވާ އަދަދު :2

ވަޒީފާގެ ފުރުޞަތު                   

މަޤާމު: އެސިސްޓެންޓް ގްރެފިކްސް ޑިޒައިނަރ

މުސާރަ އާއި އެލަވަންސް

މަހަކު -/9400

މަޤާމުގެ ބާވަތް

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

TP6

ބޭނުންވާ ޢަދަދު

02

މަސައްކަތް ކުރަންޖެހޭތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ނިވްސް އެންޑް ކަރަންޓް އެފެއަރޒް

މަޤާމުގެ ޝަރުތު:

ޖީ.ސީ.އޯ އޭ ލެވެލް އިމްތިހާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުން ނުވަތަ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއެކު މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

  • ޕަބްލިކް ސަރވިސް މީޑިއާގެ ނިވްސް ޚަބަރާއި ޕްރޮގްރާމް ތަކަށް ބޭނުންވާ ގްރެފިކްސް، އެނިމޭޝަން ހެދުން 2ޑީ އަދި 3ޑީ އެނިމޭޝަން.
  • ޕަބްލިކް ސަރވިސް މީޑިއާ ނިވްސްގެ ކޯޕަރޭޓް އައިޑެންޓިޓީގެ ގްރެފިކްސް ތައްޔާރުކުރުން.
  • ޕަބްލިކް ސަރވިސް މީޑިއާގެ އޮންއެއަރ އަށް ބޭނުންވާ ގްރެފިކްސް ހެދުން.
  • ޕަބްލިކް ސަރވިސް މީޑިއާގެ ނިވްސް އިން ކުރާ އެކިއެކި ލައިވްތަކަށް ބޭނުންވާ ގްރެފިކްސް ހެދުން އަދި ލައިވްތަކުގައި ނަގަންޖެހޭ ލައިވް ގްރެފިކްސް ނެގުން.
  • ޕަބްލިކް ސަރވިސް މީޑިއާގެ ނިވްސްގެ ޚަބަރާއި ޕްރޮގްރާމް ތަކުގައި ބޭނުންކުރުމަށް ހަދާ ގްރެފިކްސް ތަކަށް ކްރިއޭޓިވް އިން ޕުޓް ދީ ރަނގަޅު ކުރުމަށް މަސައްކަތް ކުރުން.
  • ސިނަމާ 4ޑީ ނުވަތަ 3ޑީ މެކްސް ނުވަތަ މާޔާ އިން 3ޑީ މޮޑެލް ތައް ހެދުން.
  • އެޑޯބް އާފްޓާރ އިފެކްޓްސް، އެޑޯބް ފޮޓޯ ޝޮޕް އެޑޯބް އިލަސްޓްރޭޓަރ ރަނގަޅަށް ބޭނުން ކުރަން އެނގުން

 

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕީ. (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ ސެޓްފިކެޓް ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯޓް
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 03 ޖުލައި 2017 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

                        26 ރަމަޟާން 1438

22 ޖޫން 2017
ހޯދާ