މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
'އޯޒޯން ޓް ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ އަދި އިންޑަސްޓްރީ ރައުންޑް ޓޭބަލް' ނަމުގައި އެކްސްޕޯއެއް ބޭއްވުމަށް ތަނެއް ހޯދުމާއި ތަނުގެ ތައްޔާރީތައް އިންތިޒާމު ކުރުމާއި ކެއުން ހަމަޖެއްސުމުގެ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން 14-16 އޯގަސްޓް 2017، އަށް 'އޯޒޯން ޓް ކްލައިމެޓް ޓެކްނޮލޮޖީ އެކްސްޕޯ އަދި އިންޑަސްޓްރީ ރައުންޑް ޓޭބަލް' ނަމުގައި އެކްސްޕޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކަމާ ގުޅޭ ޓާރމްސް އޮފް ރެފަރަންސް ގައި ބަޔާން ކުރެވިފައިވާ ޚިދުމަތްތައް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަށް

މި ބައްދަލުވުމަށް ބޭނުންވާ ތަނާއި، ތަނުގެ ތައްޔާރީތައް އަދި ކޭޓަރިންގެ ޚިދުމަތް ފޯރުކޮށް ދޭންޖެހޭ ގޮތް، ވަގުތު އަދި ޚިދުމަތުގެ ކޮލެޓީއާއި އެހެނިހެން ކަންކަން ހަމެޖެހިފައި ހުންނަން ޖެހޭގޮތުގެ ތަފްޞީލު ހިމަނާފައިވާ ' ޓާރމްސް އޮފް ރެފަރަންސް ' މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ.

ހުށަހަޅަންވީ ތަކެތި

  • އަންދާސީ ހިސާބު ހުށަހަޅަން ވާނީ މަސައްކަތުގެ އަގާއި ޖީ.އެސް.ޓީގެ އަގު ވަކިން އެނގޭ ގޮތަށެވެ.
  • އަގު ހުށަހަޅުއްވާއިރު އަގު ހުށަހަޅުއްވާނީ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ވަކި ވަކި ބައިތަކުގެ އަގު އަދި އަދަދު ވަކިން އެނގޭގޮތަށެވެ.
  • ހުށަހަޅާފައިވާ އަންދާސީ ހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ޖީއެސްޓީއަށް ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓްފިކެޓް ގެ ކޮޕީ.
  • އަމިއްލަ ފަރާތެއްނަމަ އައިޑީ ކާޑުގެ ކޮޕީ / ކުންފުންނެއްނަމަ ރަޖިސްޓްރީގެ ކޮޕީ.
  • ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖުރިބާ.
  • މި މަސައްކަތުގައި ލިބިފައިވާ ތަޖުރިބާ

ޕްރީ ބިޑް ބައްދަލުވުން

މި މަސައްކަތުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 06 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ.

ބީލަން ހުޅުވުން

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 13 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 13 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

 

 ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.
  • ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، އިއުލާނުގައި ދެވިފައިވާ މައުލޫމާތުގެ މިންގަނޑުތަކަށެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3018306 ނަންބަރު ފޯނަށެވެ. 

 

22 ޖޫން 2017
ހޯދާ