މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ޕަބްލިކް ވަރކްސް ސަރވިސަސްއިން ކުރިޔަށް ގެންދާ އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބޭނުންވާ ސޭފްޓީ އިކުއިޕްމަންޓްސް 01 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ޖުލައި 2017 ވާ ބުދަ ދުވަހުގެ 13:00 އަށް މި ސަރވިސަސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 13 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށް މި ސަރވިސަސްގެ ކައުންޓަރުން ރަސްމީ ގަޑީގައި ލިބެންހުންނާނެއެވެ.

27  ރަމަޟާން  1438 

       22    ޖޫން   2017        

22 ޖޫން 2017
ހޯދާ