މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. ދަނބިދޫ، ކަލައިދޫ، އަދި އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ލޯނަށް އެދުން

މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. ދަނބިދޫ، ކަލައިދޫ، އަދި އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ލޯނަށް އެދުން

 

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ. އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު 2 ޖުލައި 2017 އިން 12 ޖުލައި 2017 އަށް ހުޅުވާލަމެވެ.

މިކަމަށް އެދި ލޯނަށް އެދޭ ފޯމާއި، ލޯނާ ބެހޭ މައުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް، www.fishagri.gov.mv  އިންނާއި ލޯނު އަމާޒުކުރެވޭ ލ. ދަނބިދޫ، ކަލައިދޫ އަދި އިސްދޫގެ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

 

ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް މި ތިންރަށުގައި ކުރާއިރު، ލ. އަތޮޅުން ޖުމްލަ 150 ފަރާތަށް ފުރުސަތު ދިނުމަށް ހަމަޖެހިފައި ވެއެވެ. މިގޮތުން 2016 އަދި 2017 ގައި ހުޅުވާލެވުނު ފުރުސަތުން އިވެލުއޭޝަނަށް ފަހު މިހާރުވަނީ ގިނަ ބައިވެރިންތަކެއް ހޮވި މަސައްކަތް ފަށައިގެންފަ އެވެ. މިގޮތުން މިހާރު މިކުރެވޭ އިޢުލާން މި ކުރެވެނީ ލ. އަތޮޅަށް ހުޅުވާލެވިފައިވާ 150 ފުރުސަތުން އަދި އިތުރު ޖާގަ ހުރުމުންނެވެ. މި މަސައްކަތް ކުރުމަށް ލޯނުގެ ގޮތުގައި ދޫކުރެވޭނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެއްޗެވެ. އެއީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮށި އެޅުމަށް ބޭނުންވާ ތަކެއްޗާއި ކުދި ހުއިފިލަނޑާއެވެ. ލޯނު އަދާކުރުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ.

 

ލޯނަށް އެދި ފޯމު ހުށަހަޅާނީ ލ. ދަނބިދޫ، ކަލައިދޫ އަދި އިސްދޫ ކައުންސިލްގެ އިދާރާއަށެވެ. ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 12 ޖުލައި 2017 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިންނެވެ. ލޯނަށް އެދުމުގެ މުއްދަތު ހަމަވުމުން، ޝަރުތު ހަމަވާ ފޯމްތައް ވަޒަންކޮށް، ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް ޖަވާބު ދެވޭނެއެވެ.

 

ލޯނު ދޫކުރުމުގެ މަރުހަލާގައި ލ. އަތޮޅުން އިތުރު ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާ ފަރާތްތައް ތިރީގައި ބަޔާންކުރާ މިންގަނޑުތަކުން ވަޒަން ކުރުމަށް ފަހު، އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތަކަށެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މިމަސައްކަތަށް ދޫކުރާ ލޯނު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ތިރީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަ ވާން ޖެހޭނެއެވެ. މި ޝަތުރު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމު ބާތިލު ކުރެވޭނެއެވެ.

  • ފޯމު ހުށަހަޅާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނެއް މިވަގުތު އަދާކުރަމުންދާ ފަރާތެއްނަމަ، މުޅި ލޯނުގެ %50 އަދާކޮށްފައިވާ ފަރާތެއް ކަމުގައިވުން
  • ޢުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފަރާތެއް ކަމުގައިވުން
  • ލ. ދަނބިދޫ، ކަލައިދޫ އަދި އިސްދޫގައި ދިރިއުޅޭ ރައްޔިތެއްކަމުގައި ވުން

 

މަތީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ވަޒަންކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ.

  • މި މަޝްރޫޢަކީ ރަށްފުށުގައި ދިރިއުޅޭ އަންހެން ފަރުދުން ބާރުވެރިކުރުވައި، އިޤްތިޞާދީ މަސައްކަތްތަކުގައި ޝާމިލުވާ މިންވަރު އިތުރުކުރުމަށް ބާރުއަޅާ މަޝްރޫޢެއްކަމުން ލޯނަށް އެދި ހުށަހަޅާ އަންހެނުންނަށް 5 ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވެއެވެ.

5

  • ބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ނަގާފައިވާނަމަ، އެ ލޯނު ގަވާއިދުން އަދާކުރާ ގޮތް: (މިބަޔަށް އެންމެ ގިނަވެގެން ލިބޭނީ 40 ޕޮއިންޓް)

40

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ލޯނެއް ނަގާފައި ނުވާ ފަރާތްތަކަށާއި، ނަގާފައިވާ ލޯނު ގަވާއިދުން އަދާކުރަމުންދާ ފަރާތްތަކަށް

40

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި އެއްފަހަރު ލަސްވެފައިވާ ފަރާތްތަކަށް

30

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ދެފަހަރު ލަސްވެފައިވާ ފަރާތްތަކަށް

20

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ތިންފަހަރަށްވުރެ ގިނައިން ލަސްވެފައިވާ ފަރާތްތަކަށް

5

އަދި ލޯނަށް އެއްވެސްވަރަކަށް ފައިސާ ނުދައްކާ ފަރާތެއްވާނަމަ.

0

  • މާލީ ހާލަތު: (މިބަޔަށް އެންމެ ގިނަވެގެން ލިބޭނީ 30 ޕޮއިންޓް)

30

އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ އާމްދަނީ ލިބޭ ފަރާތްތަކަށް

30

އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ ފައިސާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް

20

  • ރަށުގައި ގާއިމުވެހުރެ ދިރިއުޅެމުން ދިއުން: (މިބަޔަށް އެންމެ ގިނަވެގެން ލިބޭނީ 25 ޕޮއިންޓް)

25

ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް

25

ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް

10

ތިން އަހަރަށްވުރެ ކުރު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް

0

ޕޮއިންޓުގެ ގޮތުން އެއްވަރުވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ނުވަތަ ފަރާތްތަކެއް ހޮވަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނީ މާލީ ހާލަތަށް ބަލައި އާމްދަނީ ދަށް ފަރާތްތަކަށް އިސްކަން ދީގެންނެވެ.

  • މި ޕްރޮޖެކްޓް ގެ މަގްޞަދުގައި ގިނަގޭބިސީއަށް ފުރުސަތު ދިނުން ހިމެނިފައިވާތީ، މިޕްރޮޖެކްޓްގެ ދަށުން ކުރިން ހޮވިފައިނުވާ ގޭބިސީތަކަށް މި ބުރުގައި އިސްކަންދެވޭނެއެވެ.
  • މިޕްރޮޖެކްޓްގެ ދަށުން ކުރިން ހޮވިފައިވާ ގޭބިސީއަކުން މިބުރުގައި ކުރިމަތި ލުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އެ ފަރާތްތަކަށް އިސްކަންދެވޭނީ އަލަށް އެދިފައިވާ ގޭބިސީތަކަށް އިސްކަންދީފައެވެ.
  • މިޕްރޮޖެކްޓްގެ ދަށުން ކުރިން ހޮވިފައިވާ ފަރާތްތަކަށް މިބުރުގައި ފުރުސަތެއް ނުދެވޭނެއެވެ.

މިލޯނާއި ބެހޭގޮތުން އިތުރު ކަމެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ދުވަސްދުވަހުގައި 14:00 ގެ ކުރިން 3341836 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

 

22 ޖޫން 2017
ހޯދާ