ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

 

 

                  ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު  ބޭނުންވެއްޖެއެވެ.

                 

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު ނަންބަރ:

289543

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

ރޭންކް:

ޖީ.އެސް 3 

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން

ކޯޕަރޭޓިވް އެފެއާރޒް

މަޤާމް އޮތް އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ،   ގދ. ތިނަދޫ

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

އިތުރު އިނާޔަތްތައް

ހަމަޖެހިފައިވާ އުޞޫލުގެ މަތިން އިތުރުގަޑީގެ ފައިސާ  ދެވޭނެއެވެ.

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު

 

 

 

1-      އޮފީސް ހުޅުވާ ލެއްޕުމާއި ކައުންސިލް އިދާރާއިން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި މެސެޖްތަކާއި، ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ފޮނުވޭ ލިޔެކިޔުންތަށް ފަސޭހައިން ފެންނާނެ ގޮތަށް ފައިލްކޮށް ބެހެއްޓުން.

2-       ކައުންސިލް އިދާރާއަގި މަސައްކަތްކުރާ (ސިވިލް ސަރވިސް އިދާރީ އަދި މިސްކިތް މުވައްޒަފުން،ކައުންސިލަރުން، ކޮންޓްރެކްޓް މުވައްޒަފުން، އިޖްތިމާއީ ސަރަޙައްދު ބަލަހައްޓާ މުވައްޒަފުން) އެންމެހާ މުވައްޒަފުނަގެ ޙާޟިރީ ބެލެހެއްޓުމާއި ކަނޑައެޅިފައިވާ ތާރީޚަށް ޙާޒިރީ ރިޕޯޓު ތައްޔާރުކޮށް ބަޖެޓް ޔުނިޓަށް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުމާއެކު މުވައްޒަފުންގެ ޗުއްޓީ ތާވަލް ތައްޔާރުކުރުމާއި ޗުއްޓީ ދިނުމާއި ޗުއްޓީގެ ރެކޯޑްތައް ބެލެހެއްޓުމާ ގުޅޭ އެންމެހާ އިދާރީ މަސައްކަތްތައް ކުރުމާއި، ޒިންމާދާރުވެރިޔާގެ އިރުޝާދާއެކު ވަޒީފާ ދިނުމާއި ވަޒީފާއިން ވަކިކުރުމުގެ އެންމެހާ މަސައްކަތްތަކާއި ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުން އެކުލަވާލުމާއި މުވައްޒަފުންގެ ޕާރސަނަލް ފައިލްތައް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއެކު މި މަސައްކަތްތަކާއި ގުޅޭ ލިޔުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުން.

3-      ކައުންސިލް އިދާރާގައި މަސައްކަތްކުރާ އެޕްރައިޒަލް ފޯމްތައް ތައްޔާރުކޮށް،  ޒިންމާދާރުވެރިޔާގެ ލަފާގެ މަތިން ކަނޑައެޅިފައިވާ ތާރީޚަށް ފޯމުތައް ފުރައި ރެކޯޑްތައް ސީއެސް ވިއުގަ މެދުވެރިކޮށް ސިވިލްސަރްވިސް ކޮމިޝަނަށް ފޮނުވުން.

4-      ކައުންސިލް އިދާރާގެ އެކި ސެކްޝަން ޔުނިޓްތަކާއި ކައުންސިލުން ދުވަހުން ދުވަހަށް ހިންގާ މަސައްކަތްތާކާއި ޙަރަކާތްތަކުގެ މަޢުލޫމާތާއި ރަށުގައި އެދުވަހެއްގައި ހިންގާ ނުވަތަ ހިންގި މުހިންމު ކަންކަމުގެ ތަފްސީލް މަޢުލުމާތު އެކުލެވޭގޮތަށް ކައުންސިލް އިދާރާގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުމާއިއެކު، އަހަރީ ރިޕޯޓާއި ހަމަސްދުވަހުގެ ރިޕޯޓަށް މަޢުލޫމާތު ލިބިދެވޭނެ ގޮތަށް ޔައުމިއްޔާގެ މަޢުލޫމާތު ރައްކާތެރިކޮށް ފައިލްކޮށް ބެލެހެއްޓުން.

5-      ކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުމާއި،މުވައްޒަފަކު ޗުއްޓީ ނެގުމުން އެމުވައްޒަފުގެ މަސައްކަތުގެ ތެރެއިން ޒިންމާދާރުވެރިޔާ ޙަވާލުކުރާ މަސައްކަތްތައް ކުރުމާއި ކައުންސިލްގެ އިދާރާގެ އަހަރީ މަސައްކަތު ތާވަލުގައި މުވައްޒަފާއި ޒިންމާކުރެވޭ                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                     ޕްރޮގްރާމްތައް ކާމިޔާބު ކުރުމަށްޓަކައި ހިންގަން ހަމަޖައްސާ ޙަރަކާތްތައް ހިންގުން.

 

މަޤާމުގެ ޝަރުތު:

 

1-     އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-     ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުނ، ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގެ އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ އަދި އިންޓަވިއުއަށް.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2-   ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކުރެވިފައިވާ )

3-       ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް .

4-       ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5-       ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

6-        ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި

މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަން ޖެހޭލިޔުންތައް  09  ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުމަށް އެދެމެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަވިއު ތިނަދޫ ކައުންސިލް އިދާރާއިން އަންގާ ތާރީޚެއް ގައި ތިނަދޫ ކައުންސިލްގެ އިދާރާ ގައި އޮންނާނެއެވެ. ވުމާއި އެކު މިމަޤާމަށް ކުރިމަތި ލައްވާ ފަރާތްތަކުން އިންޓަވިއު އަށް ހާޟިރުވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ، ތަޢްލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެ އެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާއި ގުޅިގެން މައުލޫމާތެއް ސާފްކުރައްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ 6842596 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ ( ނަންބަރ: 6841018 ) އެވެ.  އީމެއިލް ކުރާނީ    ([email protected]) އަށެވެ.

21 ޖޫން 2017
ހޯދާ