މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ކުނީގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން ގއ.ވިލިނގިލީގެ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމާއި ބެހޭ

އިޢުލާން

ދިވެހި ސަރުކާރުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ) އިން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅު ހިމެނޭ ގޮތުގައި ކުރިއަށް ގެންދާ "ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ މަޝްރޫޢު – ސާފުރާއްޖެ ޒޯން 6 އަދި 7" މަޝްރޫޢުގެ ދަށުން، ހުވަދު އަތޮޅުގެ ރަށްރަށުގައި ރަނގަޅު ގޮތުގައި ކުނި މެނޭޖުކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ގއ. ވިލިނގިލީގައި ކުނި މެނޭޖުކުރުމުގެ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.         

ފޯރުކޮށްދޭންޖެހޭ ޙިދުމަތްތަކާއި ހުށަހަޅަންވީ ތަކެތީގެ ތަފްސީލު

ގއ. ވިލިނގިލީގައި ކުނި މެނޭޖުކުރުމުގެ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަންޖެހޭ ކަންތައްތަކާއި ޚިދުމަތުގެ ކޮލެޓީ ހުންނަން ޖެހޭގޮތާއި ބީލަމުގައި ހިމަނަންޖެހޭ ތަކެތީގެ ތަފްޞީލު ހިމަނާފައިވާ ބީލަން ފޮތް މި މިނިސްޓްރީގެ ވެބްސައިޓް ކަމަށްވާ www.environment.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ. ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެކަން ދަންނަވަމެވެ.

ޕްރީ ބިޑް ބައްދަލުވުން

މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 06 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައެވެ. 

މަޢުލޫމާތު ސާފުކުރުން

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ 06 ޖުލައި 2017 އިން 11 ޖުލައި 2017 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޖުލައި 12 ވާ ބުދަ ދުވަހުގެ 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 ޖުލައި 12 ވާ ބުދަ ދުވަހުގެ 11:30 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.
  • ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، ބީލަން ފޮތުގައި ދެވިފައިވާ މަޢުލޫމާތުގެ މިންގަނޑުތަކަށެވެ.

 

22 ޖޫން 2017
ހޯދާ