ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހަށް މިސްކިތްތަކަށް ގެންދެވޭ ގޮނޑިތަކާއި ބެހޭ

               ރަމަޟާން މަހަކީ ގިނަ އަދަދެއްގެ މީހުން މިސްކިތަށް ނަމާދަށް ވަޑައިގަންނަވާ މަހެކެވެ. މިގޮތަށް މިސްކިތަށް ނަމާދަށް ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިން ސިއްޙީ ހަލަތު ހުންނަގޮތުން ނަމާދުކުރުމަށް ބޭނުންކުރާ ވައްތަރުގެ ގޮނޑި މިސްކިތުގައި ބެހެއްޓެވުމަށް ފަހު ރަމަޟާން މަސް ނިމުމުން މިދެންނެވި ގޮނޑިތަށް ގެއްލޭކަމުގެ ޝަކުވާ މިއިދާރާއަށް ހުށަހަޅުއްވަމުން ގެންދާކަން ވާނީ ފާހަގަ ކުރެވިފައެވެ.

                ވީމާ، ރަމަޟާން މަސް ނިމުމުން އެބޭފުޅަކު ގެންނެވި ގޮނޑިއެއް އަނބުރާ ގެންދެވުން އެދެމެވެ. ރަމަޟާން މަހުގެ ފަހުން ނުގެންދަވާ ހުންނަ ގޮނޑިތަކަކީ މިސްކިތުގެ ގޮނޑިތަށް ކަމުގައި ހަމަޖައްސައި އެގޮތުގެ މަތިން އަމަލްކުރެވޭނެކަމުގައި ދަންނަވަމެވެ.

21 ޖޫން 2017
ހޯދާ