ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ލޭއައުޓް ޑިޒައިންކުރުން އަދި ޕްރިންޓްކުރުމާއި ބެހޭ

އިޢުލާން

 

 

ޗައިލްޑް އިކުއިޓީ ޕްރޮފައިލްގެ ލޭއައުޓް ޑިޒައިންކުރުން އަދި ޕްރިންޓްކުރުމާއި ބެހޭ

 

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ތައްޔާރުކުރާ "ޗައިލްޑް އިކުއިޓީ ޕްރޮފައިލް" ގެ ލޭއައުޓް ޑިޒައިންކޮށް ޕްރިންޓްކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި ޕްރޮފައިލްތައް ލޭއައުޓް ހަދާނެގޮތާއިބެހޭ އިތުރުމައުލޫމާތު ހިމެނޭ "ޓަރމްސް އޮފް ރިފަރެންސް" މިބިއުރޯގެ ވެބްސައިޓުން (www.statisticsmaldives.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

ހުށަހަޅަންވީ ތަކެތި:

  • މަސައްކަތުގެ އަގު
  • ޓެކްނިކަލް ސްޕެސިފިކޭޝަން: މިބިއުރޯއިން ބޭނުންވާ ސްޕެސިފިކޭޝަންއަށް ނުފެތޭ ކަމުގައިވާނަމަ ހުށަހަޅުއްވާ ސްޕެސިފިކޭޝަންގެ ތަފްސީލް
  • މަސައްކަތް ނިންމޭނޭ މުއްދަތު
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާތިލުވާ މުއްދަތު މަދުވެގެން 15 ދުވަސް ކަމުގައިވުން
  • ކުންފުނީގެ މައުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ، ޓެކްސް ކްލިއަރެންސް ރިޕޯރޓް، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
  • މިފަދަ މަސައްކަތެއް ކުރިން ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން

ބީލަން ހުށަހަޅުއްވާ ސިޓީ އުރައިގައި "ޗައިލްޑް އިކުއިޓީ ޕްރޮފައިލްގެ ލޭއައުޓް ޑިޒައިންކުރުން އަދި ޕްރިންޓްކުރުމާއި ބެހޭ " މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

 

ބީލަން ހުޅުވުން

 

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 9 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ 11:30ށް ހުށަހެޅުއްވުން އެދެމެވެ.

 

މިކަމާއިގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު.  3008400 ފޯނާއި ގުޅުއްވުން އެދެމެވެ.

20 ޖޫން 2017
ހޯދާ