ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) ހެދުމަށް ބޭނުންވާ ތަކެތި ހޯދުމާ ގުޅޭ

ނަންބަރ:FNK-K(T)/FNK/IUL/2017/079

 

އިޢުލާން

 

އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) ހެދުމަށް ބޭނުންވާ ތަކެތި ހޯދުމާ ގުޅޭ

 

މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީ.އައި.އޭ) ހެދުމަށް ބޭނުންވާ ތަކެތި ހޯދުމަށް  ކުރެވުނު ނަންބަރ: FNK-K(T)/FNK/IUL/2016/069 (23 ޖޫން 2016) އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެޢިއުލާން ބާތިލްކޮށް އެ ފުރުސަތު މިކަމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

      މިބިޑާ ގުޅޭ މަޢުލޫމާތު ކަރުދާސް މި ކުންފުނީގެ ވެބް ސައިޓް www.fenaka.com.mv އިން  ލިބިވަޑައިގަންނަވާނެއެވެ.

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޖުލައި 4 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3018260 ނަންބަރު ފޯނު މެދުވެރިކޮށް ޓެންޑަރ އެންޑް ފޮރިން ޕާޗޭސް ސެކްޝަނަށްށެވެ.

                            26 ރަމަޟާން 1438

                          21 ޖޫން 2017

21 ޖޫން 2017
ހޯދާ