މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޭވަރކްޕަރމިޓް މެޑިކަލް ޗެކްއަޕް ހެދުމުގެ މަސައްކަތް

އިޢުލާން

ދިވެހިރާއްޖެއަކީ ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލްކުރުމަށް ވަރަށް މުހިއްމު އަދި ބުރަ މަސައްކަތްތަކެއް ކުރަމުންދާ އަދި މިފަދަ ބައެއް ބަލިތައް ނައްތާލުމުގައި ބޮޑު ކާމިޔާބީއެއް ހާސިލްކޮށްފައިވާ ޤައުމެކެވެ. ނަމަވެސް ރާއްޖެއަށް ގެންނަ ބިދޭސީ މަސައްކަތު މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކީ ގައިންގަޔަށް އަރާ ބަލިތައް ފެތުރެމުންދާ ހިސާބުތަކުން އަންނަ މީހުންކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިފަދަ މީހުންގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ރާއްޖޭގައި އިތުރަށް ފެތުރިގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ މިކަން ހައްލު ކުރުމަށްޓަކައި ރާއްޖެއަށް އަންނަ ބިދޭސީ މަސައްކަތު މީހުން ހަދަންޖެހޭ ވަރކްޕަރމިޓް މެޑިކަލް ޗެކްއަޕް ހެދުމުގެ މަސައްކަތް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި 22 ޖޫން 2017 ވަނަ ދުވަހުން ފެށިގެން ވަރކްޕަރމިޓް މެޑިކަލްސްގެ ގޮތުގައި ބަލައިގަނެވޭނީ ހަމައެކަނި ތިރީގައި ދެންނެވިފައިވާ ޞިއްޙީ ޚިދްމަތްދޭ ތަންތަނުން ހެދޭ  ވަރކްޕަރމިޓް މެޑިކަލްސް ކަމުގައި ދަންނަވަމެވެ.

  1. އައިޖީއެމް ހޮސްޕިޓަލް
  2. ހުޅުމާލެ ހޮސްޕިޓަލް
  3. އޭޑީކޭ ހޮސްޕިޓަލް
  4. އަތޮޅު ތެރޭގައި ޤާއިމް ކުރެވިފައިވާ ސަރުކާރުގެ ޚިދްމަތްދޭ ހޮސްޕިޓަލްތައް

ވީމާ މިކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އާއްމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

25 ރަމަޟާން 1438

 

20 ޖޫން 2017
ހޯދާ