ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

`

 

ށ. އަތޮޅުމަދަރުސާ

ށ. ކަނޑިތީމު / ދިވެހިރާއްޖެ                               ނަންބަރ:GS34/2017/16

އިޢްލާން 

ވަޒީފާގެ ފުރުޞަތު

މި މަދަރުސާއަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމް:

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

ރޭންކް:

ޖީ އެސް 3

ކުލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގުރޭޑް 1

ބޭނުންވާ ޢަދަދު:

01

ގިންތި:

ވަގުތީ

މުއްދަތު:

06 މަސް ދުވަސް

މަގާމު އޮތް އޮފީސް:

ށ. އަތޮޅު މަދަރުސާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ށ. އަތޮޅު މަދަރުސާ/ ށ. ކަނޑިތީމު

ސެކްޝަން:

އެޑްމިން

މަޤާމުގެ ޝަރުޠު

-          މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 3 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

-          ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މުސާރަ

މަހަކު - / 4465 ރުފިޔާ

ސާވިސް އެލަވަންސް

މަހަކު - / 1500 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

 

  1. 1.އޮފީހުގެ ސަރވަރ ބެލެހެއްޓުމާއި ސަރވަރއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ސަރވަރގެ ސެކިއުރިޓީ ބެލެހެއްޓުން.
  2. 2.އޮފީހުގެ ނެޓްވާރކް ބެލެހެއްޓުމާއި ނެޓްވަރކްއަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ނެޓްވަރކްގެ ސެކިއުރިޓީ ބެލެހެއްޓުން. 
  3. 3.އޮފީހުގެ ކޮމްޕިއުޓަރތައް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ކޮމްޕިއުޓަރތައް މަރާމާތުކުރުމާއި ކޮމްޕިއުޓަރތަކުގެ އެންޓި-ވައިރަސް ބެލެހެއްޓުން.
  4. 4.އޮފީހުގެ ޕްރިންޓަރ، ސްކޭނަރ ފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލުކުރުން.
  5. 5.އޮފީހުގެ ޑިޕާޓްމަންޓުތަކާ ގުޅިގެން އޮފީހުގެ ވެބްސައިޓު ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން
  6. 6.އޮފީހުގެ ވެބްސައިޓު ދުވަހުން ދުވަހަށް މެނޭޖްކުރުން.
  7. 7.އޮފީހުގައި ބޭނުންކުރާ ޑޭޓާބޭސްތައް މެނޭޖްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  8. 8.އެން.ސީ.އައި.ޓީއާ ގުޅިގެން ބަލަހައްޓަންޖެހޭ އީ-ގަވަމަންޓް ނެޓްވޯރކްގެ އެންމެހައި މަސައްކަތެއް ބެލެހެއްޓުން.
  9. 9.އޮފީހުގެ ޕީ.އޭ.ބީ.އެކްސް ސިސްޓަމް ބެލެހެއްޓުން.

10.އޮފީހުގައި ބޭނުންކުރާ ޚާއްޞަ ސޮފްޓްވެއަރތަކާއި ޕްރޮގްރާމްތަކަށް ދިވާމާ މައްސަލަތައް ހައްލުކުރުން.

11.އޮފީސް އޮޓޮމޭޝަނާ ގުޅުންހުރި ކަންކަމުގައި ސުޕަވައިޒަރަށް ލަފާދީ އެ ކަންތައްތައް ހައްލުކުރުމަށް ކުރެވެން ހުރި މަސައްކަތް ކުރުން.

12.އޮފީހަށް ބޭނުންވާ އައި.ޓީއާ ގުޅުންހުރި ތަކެތި ފާހަގަކޮށް، އެ ތަކެތި ލިބެން ހުރި ތަންތަން ފާހަގަކޮށް ސުޕަވައިޒަރާ ހިއްސާކުރުން.

13.މަތީގައިވާ ކަންތައްތަކުގެ އިތުރުން، އޮފީހުން ކުރިއަށް ގެންދާ ހޭލުންތެރިކުރުވުމުގެ މަސައްކަތްތަކުގައި އެހީތެރިވެދީ، އަދި މި ނޫންވެސް ރަސްމީ މަސައްކަތާ ގުޅިގެން ހަވާލުކުރެވޭ އެންމެހާ މަސައްކަތް ކުރުން.

 

 

އެހެނިހެން ޢިނާޔަތްތައް

-                     އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސުންގަޑި

-                     މަޤާމްތަކަށް ޝަރުޠު ހަމަވާ ފަރާތްތަކުން 04 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ށ.އަތޮޅު މަދަރުސާއަށް ހުށަހެޅުއްވުން އެދެމެވެ.

މަޤާމަށްއެދި ހުށަހަޅަންޖެހޭ ލިޔުންތައް.

1. ފުރިހަމަކުރައްވާފައިވާ ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމު ސިވިލްސާރވިސް ކޮމިޝަންގެ ސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި ފޯމު ސްކޫލްއޮފީހުންވެސް ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތުގެ ވަނަވަރު / ސީވީ ( ގުޅޭނެ ނަމްބަރާއިއެކު )

3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ހިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރަށްވާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިންބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ

8. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރިމަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތަކާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށްއެންމެ ޤާބިލްފަރާތެއް ހޮވުމުގައި ބެލޭނެކަންތައް

1-   ޙާޞިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނުތައް.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

4- އަޚުލާޤީ ފެންވަރާއި ރިވެތި ސިފަތައް.

5- މަޤާމްތަކަށް މުވައްޒަފުން ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ މަޤާމަކާ ގުޅޭގޮތުން ކުރެވޭ އިންޓަވިޔުއަށް ބެލުމަށްފަހުއެވެ.

6- އިންޓަވިޔު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާތާ 7 (ހަތް) ދުވަހުގެ ތެރޭގައި ށ.އަތޮޅު މަދަރުސާގައެވެ.

މަޢުލޫމާތު ސާފުކުރުން

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މިސްކޫލުގެ ނަންބަރު 6540059 ފޯނަށް ގުޅުއްވުން އެދެމެވެ. 

 

24 ރަމަޟާން  1438  

19 ޖޫން 2017     

19 ޖޫން 2017
ހޯދާ