މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1438 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ބެހޭ

އޭ.ސީ.ސީ އިން ދެވަނަ ފަހަރަށް ޙައްޖު ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށް އެންގި އެންގުމާ ގުޅިގެން މި މިނިސްޓްރީގެ ނަންބަރު (IUL)142-C2/1/2017/58 "1438 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން  ގެންދިއުމަށް ކުންފުނިތަކަށް ހުއްދަދިނުން " އަދި  (IUL)142-C2/1/2017/70 "1438 ވަނަ އަހަރު ދިވެހިރާއްޖެއިން  ޙައްޖަށް މީހުން ގެންދިއުމަށް އަލުން ހުއްދަ ދިނުމާބެހޭ " މިދެއިޢުލާން  ބާޠިލު ކޮށް އަލުން އިވެލުއޭޓްކުރުމަށްފަހު 1438 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން  ގެންދިއުމަށް ތިރީގައިވާ ބަޔާންކުރާ ކުންފުނިތަކަށް ހުއްދަދެވިފައިވާ ވާހަކަ ދެންނެވީމެވެ.

ކުންފުނީގެ ނަން

1- މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

2- އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

3- ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

4- ޒަޢީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

 24 ރަމަޟާން 1438

19 ޖޫން 2017
ހޯދާ