މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޢިމާރާތްކުރެވޭ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލުން

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫސިޓީ ހުޅުދޫ-މީދޫ އަވަށުގައި ޢިމާރާތްކުރެވޭ 48 ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް 31 މޭ 2016 ގައި ކުރެވުނު އިޢުލާނާއި 18 ޖަނަވަރީ 2017 ގައި ދެވަނަ ފަހަރަށް ކުރެވުނު އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް ފޯމް ހުށަހަޅާފައިނުވާތީ، 18 ޖަނަވަރީ 2017 ގައި އިޢުލާންކުރެވުނު އުޞޫލަށް ބައެއް ބަދަލުގެނެސް، ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުމަށް މި މިނިސްޓްރީއިން ވަނީ ނިންމާފައެވެ.

            އެގޮތުން، ފްލެޓަށް އެދޭ ފޯމް 20 ޖޫން 2017 ން ފެށިގެން މި މިނިސްޓްރީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫސިޓީ ހުޅުމީދޫ ސެކްޝަނުން ލިބެން ހުންނާނެއެވެ.

            މީގެ އިތުރުން، މި މިނިސްޓްރީގެ  ވެބްސައިޓް www.housing.gov.mv އިން މި ފޯމް ޑައުންލޯޑްކުރެވެން ހުންނާނެއެވެ. ފްލެޓަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 20 ޖޫން 2017 ން ފެށިގެން 09 އޮގަސްޓް 2017 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫސިޓީ ހުޅުމީދޫ ސެކްޝަނުންނެވެ. ވީމާ، މި ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއި ޝަރުޠު ޢާއްމުކޮށް އަލުން އިޢުލާންކުރީމެވެ.

19 ޖޫން 2017
ހޯދާ