މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މިނިސްޓްރީން ތައްޔާރުކުރެވިފައިވާ ޑިޒައިނާ އެއްގޮތަށް 'ތްރީ އާރް އެވާޑް' ހަދައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

އިޢުލާން

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ތެރެއިން ވެށި ސާފުކުރުމާއި، ކުނި މެނޭޖުކުރުމުގައި ތިމާވެއްޓާއި ރައްޓެހި އުސޫލުތަކާއި، އާދަތައް ގެންގުޅޭ މިންވަރުބެލުމަށްފަހު ފާހަގަކޮށްލެވޭ ނަމޫނާ ފަރާތްތަކަށް 'ތްރީ އާރު އެވޯޑް" ގެ ނަމުގައި ޝަރަފްވެރިކަމުގެ އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑު ދިނުމުގެ މަގުޞަދަކީ މިދެންނެވި ކަންކަން ހާސިލްކުރުމަށް އެފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހިތްވަރުދިނުމެވެ. މި އެވޯޑު ޑިޒައިންކުރުމުގެ މަސައްކަތްވަނީ މިހާރު ކޮށްނިމިފައެވެ. އެހެންކަމުން ތައްޔާރުކުރެވިފައިވާ ޑިޒައިނާއި އެއްގޮތަށް މި އެވޯޑު އުފައްދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށްޓަކައި 15 ޖޫން 2017 ގައި ކުރި އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.  

ޕްރީ ބިޑް ބައްދަލުވުން

މިމަސައްކަތުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 02 ޖުލައި 2017 ވާ އާދީއްތަ ދުވަހުގެ މެންދުރު 11.00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައެވެ. އަދި މި ދެންނެވި ތާރީޚްގައި ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

ބީލަން ހުޅުވުން

 ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 06 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 06 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018431 960+ ފެކްސް: 3018301 960+

 ނޯޓް:

  • މި އިޢުލާނާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން ނުވަތަ އީމެއިލް އިން އަދި ފޯނުން ނަމަ ތިރީގައިވާ ނަންބަރަށް 06 ޖުލައި 2017 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، 20392

ދިވެހިރާއްޖެ

ފޯނު: 3018422 / 3018343

އީމެއިލް:  [email protected]

 

19 ޖޫން 2017
ހޯދާ