ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ދެވަނަ ސެމިސްޓަރގެ ކޯސްތަކަށް ޖާގަ އޮތުމާއެކު މުއްދަތު އިތުރކުރުމަށް

އިޢުލާން

 

ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ގޮފިތަކުގައި 2017 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތަކަށް ޖާގައޮތުމާއެކު މުއްދަތުވަނީ އިތުރު ކުރެވިފައެވެ.

ޤިރާއަތު ސެޓްފިކެޓް 1

ޝަރުޠު:        1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

2- ޢުމުރުން 16 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:               8 ހަފްތާ

ޤިރާއަތު ސެޓްފިކެޓް 2

ޝަރުޠު:        1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 1 ހަދާ ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:               1   ސެމިސްޓަރ

ޤިރާއަތު ސެޓްފިކެޓް 3

ޝަރުޠު:        1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 2 ހަދާ ފާސްވެފައިވުން.

             2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:        2 ސެމިސްޓަރ

ޤާރީ ކަމުގެ އެޑްވާންސް ސެޓްފިކެޓް

ޝަރުޠު:        1- ޤިރާއަތު ކޯސް ސެޓްފިކެޓް ލެވަލް 3 ހަދާ ފާސްވެފައިވުން.

2- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.

މުއްދަތު:       2 ސެމިސްޓަރ

        ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭފޯމު 2017 ޖޫން 19 ވާ ހޯމަ ދުވަހުން ފެށިގެން މިމަރުކަޒާއި، މަރުކަޒުގެ ގޮފިތަކުން ދޫކުރަމުން ގެންދާނެއެވެ. އަދި މި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2017 ޖުލައި 3 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއެކު ހުށަހެޅުން އެދެމެވެ. މަތީގައިވާ ކޯސްތައް، މަރުކަޒުގެ ގޮފިތަކުގައި ހިންގޭނީ މަރުކަޒުން ހުއްދަ ދީފައިވާ ގޮތުގެ މަތިންނެވެ. 

19 ޖޫން 2017
ހޯދާ