ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަލާމު މިސްކިތުގެ އުތުރުން އޮތްމަގުގައިހުރި ރުއްގަސް ނައްތާލުން

ސަލާމު މިސްކިތުގެ އުތުން އޮތްމަގު (ހަތިކޮޅު ގެއިން ފެށިގެން އަމީނީ މަގުގެ އިރުމަތީ ފަރާތާ ހަމައަށް) ފުޅާކުރަން ބޭނުންވާތީ އެމަގު ހިމެނޭ ސަރަޙައްދުގައިހުރި ރުއްގަސް ނައްތާލަން މިކައުންސިލުންވަނީ ނިންމާފައެވެ. އަދި މިސަރަޙައްދުގައިހުރި ރުއްގަހުގައި މިހާރު ހުންނާނީ ގަދަފެހި ކުލައިގެ ދަވާދަކުން 01 ން 12 އަށް ނަމްބަރު ޖަހާފައެވެ.

ވީމާ، ދެންނެވިފައިވާ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް ގަހެއް ހުރިނަމަ 2017 އޮގަސްޓް 21 ވާ ބުދަ  ދުވަހުގެ  14:00 ގެ ކުރިން، އެއީ ކޮންފަރާތެއްގެ ގަހެއްކަން ނުވަތަ ރުކެއްކަން އެގޭނޭ ގޮތަށް އެރުކެއް އަދި ގަހެއްގައި މިއިދާރާއިން ޖަހާފައިވާ ނަންބަރު  މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިޢްލާން ކުރީމެވެ. 

13 ޖޫން 2017
ހޯދާ