ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ ބަދަލުކުރުމަށް

     `

                                                                    

ށ. އަތޮޅުމަދަރުސާ

ށ. ކަނޑިތީމު / ދިވެހިރާއްޖެ                                                                                                                 ނަންބަރ:GS34/2017/12

އިޢްލާން

 ނަންބަރ:GS34/2017/12
   

 

 

އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު

                      މި މަދަރުސާގެ އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ ބަދަލުކުރުމަށް ވަނީ ބޭނުންވެފައެވެ.

                      ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިމަދަރުސާގެ އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ

ބަދަލުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖޫން 2017 ވާ ހޯމަ   ދުވަހުގެ  13:00 ގައި މިމަދަރުސާއަށް

ޙާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 21 ޖޫން 2017 ވާ ބުދަ  ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ޙާޟިރުވެދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " އެސެމްބްލީ އޭރިޔާގެ ކަރަންޓު ވިއުގަ ބަދަލުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ.

                     އަދި ދަންނަވެމެވެ. 19 ޖޫން 2017 ވާ ހޯމަ  ދުވަހުގެ 13:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް

ޙާޟިރުވެނުލައްވާ، މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 6540059 ނަންބަރު ފޯނާއެވެ.

އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.                                  

 

                                    17 ރަމަޟާން 1438      

                                    12 ޖޫން    2017

12 ޖޫން 2017
ހޯދާ