މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާެގެ ފުރުސަތު

އިޢުލާން

މި މިނިސްޓްރީގެ ތިރީގައިމިވާ މަޤާމަށް އިޢުލާން ކުރަމެވެ.   

  

01. މަގާމް

ސީނިއަރ އެނަލީސްޓް ޕްރޮގްރާމަރ   

މަޤާމް ނަމްބަރު:

J-206461

ބޭނުންވާ އަދަދު:

1

މަގާމުގެ ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

މަގާމުގެ ކްލެސިފިކޭޝަން:

އެމް.އެސް 2

ސެކްޝަން

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / އިންފޮރމޭޝަން ޓެކްނޮލޮޖީ ޔުނިޓް

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް/ މާލެ'

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

 

  1. އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓް ބެލެހެއްޓުމާއި، މަސައްކަތް ރޭވުމާއި، މަސައްކަތުގެ އެސް އޯޕީ ތައްޔާރުކުރުން.
  2. އިންފޮމޭޝަން ޓެކްނޮލޮޖީ ޔުނިޓްގެ މުވައްޒަފުންގެ ޖޮބް ޑިސްކްރިޕްޝަން ހެދުމާއި، މަސައްކަތް ހަވާލުކުރުމާއި، މުވައްޒަފުން އިވެލުއޭޓްކޮށް ޔުނިޓްގެ މަސައްކަތްތައް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ސަޕޯޓްދިނުން.
  3. މިނިސްޓްރީއާއި ސިވިލް ސަރވިސް އިން ކަނޑައަޅާފައިވާ އައިޓީ އުސޫލުތައް އެންފޯސް ކުރުމާއި މުވައްޒަފުން އަހުލުވެރިކުރުވުން
  4. މިނިސްޓްރީގެ ސަރވަރތަށް އިންސްޓޯލްކުރުމާއި، ކޮންފިގަރ ކުރުމާއި އަދި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އިންފްރަސްޓްރަކްޗަރ ބެލެހެއްޓުމާއި، އަޕްގްރޭޑް ކުރުން. މިފަދަ ތަކެތި ހޯދުމަށް އެސެސްމެންޓް ހެދުމާއި، ބަޖެޓްކުރުމާއި ޕްރޮކިއުމަންޓް ޑޮކިއުމަންޓްތައްޔާރުކޮށް ތަކެތި ހޯދުމާއި އިންސްޓޯލްކުރުމާހަމައަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުން.
  5. މިނިސްޓްރީގައި ބޭނުންކުރާ ވެބްސައިޓްތަކާއި، އީމެއިލް، ޖެމްސް، އެޗްއާރު އަދި ބޮލި ސިސްޓަމްގެ ޚިދުމަތްތަށް މެދުނުކެނޑި މިނިސްޓްރީގެ ނެޓްވޯކަށް ލިބޭތޯ ޔަގީންކުރުން.
  6. މިނިސްޓްރީން ބޭނުން ކުރާ ބޮލި އިންފޮމޭޝަން ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތަކާއި އަލަށް ބޭނުންވާ މޮޑިއުލް ތަކުގެ އެސެސްމަންޓް ހެދުމާއި، ސިސްޓަމް ޑިޒައިންކުރުމަށް ބޭނުންވާ ޕްރޮސެސް އަނަލިސިސް ހެދުމަށް ޤާނޫނުތަކާއި ޤަވާއިދު ރިވިއުކޮށް އެކަމަށް ބޭނުންވާ ޑޮކިއުމެންޓޭޝަން ތައްޔާރުކުރުމާއި އިންޓަރނަލް އަދި އެކްސްޓަރނަލް މީޓިންގްތަށް ކޯޑިނޭޓްކުރުމާއި، އަލަށް ޑިޕްލޮއި ކުރވޭ މޮޑިއުލްތަށް ޓެސްޓްކުރުމާއި އަދި ލައިވްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް.
  7. މިނިސްޓްރީގެ ޚިދުމަތްތަށް އޮންލައިންކުރުމަށްޓަކައި  ބޮލިސިސްޓަމަށް އިނޮވޭޓިވް ފީޗަރޒް ޑިޒައިންކޮށް މެނޭޖްމަންޓްގެ ހުއްދައާއެކު NCIT އާއިއެކު މަސައްކަތްކޮށް އިމްޕލިމެންޓްކުރުން.
  8. ބޮލި ސިސްޓަމް ޤަވާއިދުން މޮނިޓަރކުރުން އަދި NCIT އިން މަސައްކަތް ހިނގާގޮތް މޮނިޓަރކޮށް ބެލެހެއްޓުން.
  9. ބޮލި ސިސްޓަމް މެދުވެރިކޮށް މިނިސްޓްރީންނާއި ކައުންސިލްތަކުން ފޯރުކޮށްދޭ ޚުދުމަތްތަކަށް އައިޓީ ސަޕޯޓް ފޯރުކޮށްދިނުން.
  10. އޮފީހުގެ މަސައްކަތުގައި އެހެނިހެން ޔުނިޓްތަކަށް އައިޓީ ސަޕޯޓް ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުތުތައް:

 

  1. އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް/ ސޮފްޓްވެއަރ އާއި ނެޓްވޯރކް އެނަލިސްޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް/ ސޮފްޓްވެއަރ އާއި ނެޓްވޯރކިންގ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  2. އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް/ ސޮފްޓްވެއަރ އާއި ނެޓްވޯރކް އެނަލިސްޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް/ ސޮފްޓްވެއަރ އާއި ނެޓްވޯރކިންގ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  3. އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް/ ސޮފްޓްވެއަރ އާއި ނެޓްވޯރކް އެނަލިސްޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ
  4. އައިޓީ އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް/ ސޮފްޓްވެއަރ އާއި ނެޓްވޯރކް އެނަލިސްޓްދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން

 

 

02. މަގާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަމްބަރު:

110735

ބޭނުންވާ އަދަދު:

1 (އެކެއް)

މަގާމުގެ ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

ޖީ.އެސް 3

މަގާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ސެކްޝަން

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / ފައިނޭންސް އެންޑް ޕްރޮކިއުމަންޓް ޔުނިޓް

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް/ މާލެ'

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

 

  1. މިނިސްޓްރީގެ ޕްރޮކިއުމަންޓްގެ އެންމެހާ މަސައްކަތްތައް މާލިއްޔަތު ޤަވާއިދުގައިވާގޮތަށްކުރުން އަދި ޕްރޮކިއުމަންޓްގެ އެންމެހާ މުއާމަލާތްތަކެއް ރެކޯޑުކޮށް ބެލެހެއްޓުން.
  2. 25000 ރުފިޔާއަށްވުރެދަށުގެ ޕްރޮކިއޯރމަންޓްގެ މަސައްކަތްތައްގެންދިއުމުގައި ރިކުއެސްޓް ބަލައިގަތުމާއި، ރިކުއެސްޓްގައިވާ ތަކެއްޗަށް މަދުވެގެން 3 ކޯޓޭޝަން ހޯދުމާއި، 3 ކޯޓޭޝަން ނުލިބޭނަމަ ސަބަބުބަޔާންކޮށް ލިޔުމެއް ތައްޔާރުކުރުމާއި، ޕަރޗޭސް އޯރޑަރ ހެދުމާއި ތަކެތި ލިބުމުން ތަކެއްޗާއި ހަވާލުވުމާއި އެއްޗެހި ހަމަތޯ ޗެކްކުރުމާއި ތަކެތި ހަމަކޮށް ސްޓޮކްއާއި ހަވާލުކުރުން.
  3. 25000 ރުފިޔާއަށްވުރެ ދަށުގެ ޕްރޮކިއޯރމަންޓްގެ މަސައްކަތްތައްގެންދިއުމުގައި އިޢުލާނުތަކާއި މަޢުލޫމާތު ކަރުދާސްތައް ޗެކުކުރުމާއި، އިޢުލާނުކުރުމުގެ ހުއްދަދިނުމާއި، ބިޑުތަކުގެ މަޢުލޫމާތު ސެޝަންތަކަށް ހުށަހަޅައި ސެޝަންތައްބޭއްވުމާއި މަޢުލޫމާތު ސެޝަންތަކުގެ ޔައުމިއްޔާތައް ބެލެހެއްޓުމާއި ބިޑްބަލައިގަންނަލިޔުންތައް ތައްޔާރުކޮށް ބިޑުތައްބަލައިގަތުމާއި ބިޑުތަކުގެ އިވަލުއޭޝަން ނިމުމަށްފަހު ޓެންޑަރ ކޮމިޓީއިން އެވޯރޑްކުރުމުން ބިޑް ކާމިޔާބުކުރި ފަރާތާއިއެކު ކޮންޓްރެކްޓްކުރުމުގެ ކަންތައް ކުރުން.
  4. ޕަރޗޭސް އޯޑަރުގެ ރެޖިސްޓްރީ ބެލެހެއްޓުން
  5. އިންވޮއިސް ލިބުމުން ހުރިހާ ޑޮކިއުމަންޓްސްތައް ތައްޔާރުކޮށް ޕޭމަންޓްހަދަން ހަވާލުކުރުން
  6. މިނިސްޓްރީގެ އިންވެންޓްރީ ބެލެހެއްޓުމާއި، އެސެޓް ނަންބަރުތައް ހޯދައި އެސެޓްތަކަށް އިންވެންޓްރީ ނަންބަރު ތައްޔާރުކުރުމާއި، ރިކޯޑުކޮށްބެލެއްހެއްޓުމާއި، އިންވެންޓްރީއާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކަނޑައަޅާފައިވާ އެސް.އޯ.ޕީ އާއި އެއްގޮތަށް ކުރުން.
  7. އިންވެންޓްރީން ނެގޭ ހުރިހާތަކެތީގެ ރަޖިސްޓްރީ ބެލެހެއްޓުން
  8. ޕޭމަންޓްތަކުގެ ސްޓޭޓަސްބަލައި، އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި، ޕޭމަންޓްތައް ލަސްވެގެން އަންނަ ސިޓީތަކަށް ޖަވާބުދިނުން
  9. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުތުތައް:

 

  1. ފައިނޭންސް/ބިޒްނެސް އެޑްމިނިސްޓްރޭޝަން/އެކައުންޓިންގް/ބިޒްނެސް މެނޭޖްމެންޓް އަދި އިކޮނޮމިކްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ފައިނޭންސް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/އެކައުންޓިންގ/ބިޒްނަސް މެނޭޖްމަންޓް/ބިޒްނަސް އަދި އިކޮނޮމިކްސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ؛

 

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

03. މަގާމް

އެސިސްޓަންޓް ހިއުމަން ރިސޯސް އޮފިސަރ

މަޤާމް ނަމްބަރު:

251078

ބޭނުންވާ އަދަދު:

1

މަގާމުގެ ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

ޖީ.އެސް 4

މަގާމުގެ ކްލެސިފިކޭޝަން:

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / ހިއުމަން ރިސޯސް ޔުނިޓް

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް/ މާލެ'

މުސާރަ:

-/5020ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބޭސް ފަރުވާގެ ޙިދުމަތް.

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

  1. މުސާރަ ޖެނެރޭޓް ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމާއި، ހާޟިރީއާއި އޯވަރޓައިމްތައް ޗެކްކޮށް އެޕްރޫވްކުރުން އަދި SAP އަށް އަޅަންޖެހޭ ޑޭޓާތައް އެޅުން
  2. މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ސޮފްޓްވެއަރ (އެޗް.އާރް.އެމް.އެސް) ކަމަށްވާ އީއެޑްމިން، ދުވަހުން ދުވަހަށް ޗެކްކުރުމާއި އެ ސިސްޓަމްގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ސިސްޓަމްގައި ދިމާވާ އެންމެހާ މައްސަލަތައް، ނެޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާ ގުޅައިގެން ހައްލުކުރުން
  3. މިނިސްޓްރީން ހުސްވެފައިވާ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމަށްޓަކައި އޭ2 ފޯރމްތައް ޗެކްކޮށް ވިއުގައަށް އެޅުން.
  4. މުސާރަ ޖެނެރޭޓް ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމާއި، ހާޟިރީއާއި އޯވަރޓައިމްތައް ޗެކްކޮށް އެޕްރޫވްކުރުން އަދި SAP އަށް އަޅަންޖެހޭ ޑޭޓާތައް އެޅުން
  5. މުވައްޒަފުންގެ ޕަރސަނަލް ފައިލްސްތައް ސިވިލް ސަރވިސްގެ ޤަވާއިދާއެއްގޮތަށް ބެލެހެއްޓުން.
  6. ސިވިލް ސަރވިސް ކޮމިޝަނުން ފޮނުވާ ސަރކިއުލަރތަކާއި އެޗް.އާރް އަށް އަންނަ ސިޓީތަކަށް ޖަވާބުދިނުމާއި ފައިލްކުރުން އަދި އެހެނިހެން އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރުން
  7. ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެންމުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުތުތައް:

 

 

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް/ލޯ އަދި ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،

 

  1. މަތީ ސާނަވީ އިމްތިޙާންކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

 

  1. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓް/ ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

-          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ  ދިވެހި ރައްޔިތެއްކަން  އަންގައިދޭ ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/  ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް  މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.)

         (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން  ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް  ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

         (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ.

   6. ފުރިހަމަކޮށްފައިވާ،  ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.

   7.  ސިވިލް ސަރވިސްގެ ވަޒީފާއަށް  ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިނގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ، ސެޓްފިކެޓްތަކުގެ ކޮޕި.

    8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

         (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

         (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި  ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

 

ވަޒީފާއަށް އެދޭ ފޯމު މި ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ) ކައުންޓަރުން ލިބެން ހުންނާނެވެ. އަދި  މި އިދާރާގެ  (www.trade.gov.mv) ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.  މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (02 ޖުލައި 2017 ވާ އާދިއްތަ ދުވަހުގެ 13:30ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  އީ-މެއިލް އެޑްރެހަކީ، ( [email protected]  )

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

 

- މިމަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ ، އެޕްލިކޭޝަން ހުށައެޅުމަށް ކަނޑައަޅާފައިވާ އެންމެފަހު ތާރީޙުން ފެށިގެން 1 ނުވަތަ 2 ހަފްތާ އާއި ދެމެދު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރިވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓްލިސްޓް ކުރުން:

   

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށް ވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް  ކުރިމަތިލާފައިވާ  ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން 30% އަށްވުރެ މަތިވާންޖެހޭނެއެވެ.

 

                       

-       ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ބަންދު ނުން ކޮންމެ ދުވަހަކު 08:00  ން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި ފޯމު މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv  އިން ލިބެން ހުންނާނެއެވެ.

-       މީގެ އިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި މިނިސްޓްރީގެ ނަމްބަރ: 3333174،3333160 އަށް ގުޅުއްވުމުން ނުވަތަ [email protected]  އަށް މެއިލް ކުރެއްވުމުން ލިބިލައްވާނެއެވެ.

 

                      12 ޖޫން 2017

 

      

 

12 ޖޫން 2017
ހޯދާ