ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެކްޗަރަރ (ޝަރީއާ / ލޯ)

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

ލެކްޗަރަރ (ޝަރީއާ / ލޯ)

ބޭނުންވާ ޢަދަދު: 1

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 5،437.50ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަސައްކަތް ކުރަންޖެހޭ ތަން:

ކުއްލިއްޔާ އޮފް ޝަރިއާ އެންޑް ލޯ

ސްޕައިން ޕޮއިންޓް:

40

މަޤާމުގެ ޝަރްޠުތައް:

LLB އަދި LLM  ފުރިހަމަކޮށްފައިވުން

 

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ޓޭބަލް ކުރެވޭ ޕީރިއަޑްތަކާއި، ބަދަލުގައި ނަގަންޖެހޭ ޕީރިއަޑްތައް، ވަރކްލޯޑް ޕޮލިސީއާއި އެއްގޮތަށް ނެގުން.
  • ޓިއުޓޯރިއަލް ޕީރިއަޑްކާއި، އަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައް، އަދި ކްލިނިކަލް ސެޝަންތައް ހިންގުން.
  • ކިޔަވައިދިނުމަށް ހަމަޖެހިފައިވާ މުޤައްރަރާއި އެއްގޮތަށް، ތަފާތު ފެންވަރުގެ ކޯސްތަކަށް ކިޔަވައިދީ، ކޯސް ނިމުނު ގޮތުގެ މައުލޫމާތު މެނޭޖްމަންޓަށް ދިނުމާއި، އެސައިންމެންޓާއި އިމްތިޙާން ކަރުދާސްތައް ހަދައި، މާކްސްތައް ތައްޔާރުކުރުން.
  • ކޮންމެ ދަރިވަރެއް ކުރިއަރާމިންވަރާއި، ހޯދާ ނަތީޖާ މޮނިޓަރކޮށް، އިސްވެރިންނަށް މަޢުލޫމާތު ދިނުން.
  • އައު މުޤައްރަރުތައް ފަރުމާކުރުމާއި، މިހާރު ބޭނުންކުރަމުންދާ މުޤައްރަރުތައް އިޞްލާޙުކުރުން.
  • މާއްދާތަކުގެ އިމްތިހާން ކަރުދާސްތައް ކަނޑައެޅިފައިވާ މުއްދަތުގައި ތައްޔާރުކޮށް އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި ޕޭޕަރުތަށް މާކުކޮށް ނިންމުން.
  • ޕާރޓްޓައިމް ލެކްޗަރާރުން ކިޔަވައިދެއްވާ މާއްދާތަކުގެ އިމްތިހާނު ދިނުމާއި، ކަނޑައެޅިފައިވާ މުއްދަތުގައި އިމްތިހާނު ކަރުދާސް މާކުކޮށް ނިންމުން.
  • ކިޔަވައިދޭ މާއްދާތަކުގެ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި، އެކަމަށް މަސައްކަތް ކުރުން.
  • ފަންނީ މުވައްޒަފުންގެ ބައްދަލުވުން ތަކުގައްޔާއި، މާއްދާތަކުގެ ޕެނަލްތަކުގައި ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، އަލަށް ބައިވެރިވާ މުވައްޒަފުންގެ ޢިލްމާއި ހުނަރު ތަރައްޤީ ކުރުމަށް އިސްވެރިންނަށް އެހީތެރިވެދިނުން.
  • އިލްމީ ދިރާޗާތައް ކުރުމާއި، ދިރާސާތަށް ޝާއިރު ކުރުމުގައި ކުއްލިއްޔާތަކުގެ ބޭފުޅުންނާއިއެކު މަސައްކަތް ކުރުން.
  • ޕޯސްޓް ގްރެޖުއޭޓް ރިސާރޗް ދަރިވަރުން ސުޕަރވައިޒް ކުރުން.
  • މާއްދާ ކޯޑިނޭޓް ކުރުމާއި ކޯސް ކޯޑިނޭޓް ކުރުން.
  • މަޤާމާއި ގުޅޭގޮތުން ކުއްލިއްޔާއިން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

އެހެނިހެން އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • އެޕްލިކޭޝަން ފޯމް
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ
  • ޕާސްޕޯރޓްގެ މުއްދަތު ހަމަނުވާ ކޮޕީ
  • ކުރިން މަސައްކަތް ކޮށްފައިވާ ތަންތަނުގެ ލިޔުން
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

ސުންގަޑި:

މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 22 ޖޫން 2017 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

           

 

                                  12 ޖޫން 2017 މ.

12 ޖޫން 2017
ހޯދާ