މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މާލޭގެ މަގުތައް ބޭނުންކުރާ ޢާއްމުރައްޔިތުންނަށް ލުއިފަސޭހަވާނޭ ގޮތަށް ސަރުކާރުން ކުރައްވާ މަސައްކަތް

މި މިނިސްޓްރީގެ ނަންބަރު IUL)101-AF/1/2017/124) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

ރަމަޟާންމަހުގެ މެންދުރުފަހާއި ހަވީރުގެ ވަގުތުތަކުގައި، މާލޭގެ މަގުތައް ބޭނުންކުރާ ޢާއްމުރައްޔިތުންނަށް ލުއިފަސޭހަކުރުމުގެ ގޮތުންނާއި މާލޭގެ ޓްރެފިކަށް ލުޔެއްގެނައުމުގެ ގޮތުން، ފެނާއި، ގޭސް އަދި ގަނޑުކޮށް މުދާޑެލިވަރީކުރުމުގައި މަނާ ގަޑިތައް މެންދުރުފަހު 14:00 އިން ހަވީރު 17:00 ދެމެދުގެ ގަޑިއަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިބަދަލަކީ، މެންދުރުފަހުގެ ވަގުތުގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން މަގުމަތި ބޭނުންކުރާ ވަގުތަކަށް ވުމާއެކު އެފަރާތްތަކަށް އިތުރަށް ލުއި ފަސޭހަކުރުމުގެ ގޮތުން ގެނެވުނު ބަދަލެއްކަމުގައި ދަންނަވަމެވެ.

ވީމާ، މާލޭގައި ފެނާއި ގޭސް އަދި ގަނޑުކޮށް މުދާޑެލިވަރީކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން މެންދުރުފަހު 14:00 އިން ހަވީރު 17:00 ދެމެދުގެ ގަޑިތަކުގައި ފެނާއި ގޭސް އަދި ގަނޑުކޮށް އުފުލާމުދާ ނުއުފުލުމަށް ދެންނެވީމެވެ. އަދި މާލޭގެ މަގުތައް ބޭނުންކުރައްވާ ފަރާތްތަކުން ސަރުކާރުން ކުރާ މިފަދަ އިލްތިމާސްތަކަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ.

13 ރަމަޟާން 1438

08 ޖޫން 2017
ހޯދާ