ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :އެސިސްޓެންޓް ލީގަލް އޮފިސަރ (އެލް.އެސް 2)
ބޭނުންވާ އަދަދު :1

އަސާސީ މުސާރަ

-/9412 ރުފިޔާ (ނުވަހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/3000 (ތިންހާސް ރުފިޔާ)
  • ލިވިންގ އެލަވަންސް -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %55
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1-     މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށް ދިނުމާއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1-   ނިޔާކަނޑައަޅާ މައްސަލަތަކުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ޑްރާފްޓްކުރުން.

2-   ކޯޓުން ހަދާ ޤަވާޢިދުތަކާއި އުޞޫލުތައް ޑްރާފްޓްކޮށް އެކުލަވާލުމުގެ މަސައްކަތްކުރުން.

3-   ކޯޓަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުން.

4-   މައްސަލަތައް ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން.

5-   މައްސަލަތަކުގެ ރިޕޯޓު ތައްޔާރުކުރުމުގައި ޤާޟީންނަށް އެހީތެރިވެދިނުން.

6-   ޤާޟީގެ ލަފަޔާއި މަޝްވަރާގެ މަތިން ސެކްޝަންތަކުގެ މަސައްކަތްތައް ވިލަރެސްކުރުން.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

 

 

 

 

 

 

 

1-     ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމު

2-     ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3-     ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-     ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު

5-     ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އެޕްރައިޒަލް އަށް ލިބިފައިވާ މާރކްސްތަކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)

6-     ޝަހާދާ ޡާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޓް

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ.
  • ވަޒީފާއަށްއެދޭފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.

މިކޯޓުގެ ނަންބަރު: (08.03.2017) 145-A/2017/07 އިޢުލާން ބާޠިލްކޮށްފީމެވެ.

06 ޖޫން 2017
ހޯދާ