ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިއުމަށް ބޭނުންވެއްޖެ

އިއުލާން

ސްޓަޑީގައިޑް ލިއުމަށް ބޭނުންވެއްޖެ

މިސެންޓަރުން ހިންގާ ބެޗިލަރ އޮފް ޓީޗިންގ އިސްލާމް ކޯހުގެ ތިރީގައި މިދަންނަވާ މާއްދާއަށް ސްޓަޑީގައިޑް ލިޔަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 08 ޖޫން 2017 ވާ ބުރާސްފަތި ދުވަހު ހެދުނު 11:00 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 11 ޖޫން 2017 ވާ އާދީއްތަ ދުވަހު ހެދުނު 11:00 އަށް މިސެންޓަރަށް އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް އަންދާސީ ހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

1-      އިސްލާމިކް ސެކްޓްސް (އަލްފިރަޤުލް އިސްލާމިއްޔާ)

            މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ އޮފީސް ގަޑީގައި 3345188 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

                              06 ރަމަޟާން 1438

                              01 ޖޫން 2017

 

01 ޖޫން 2017
ހޯދާ