ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުޅުދެލީ ކައުންސިލްގެ ފުޓްސަލްމުބާރާތާއި ވޮލީމުބާރާތް ބޭއްވުމާބެހޭ

މިދިޔަ ރަމަޟާން މަހެކޭ އެއްފަދައިން މިރަމަޟާން މަހުގައިވެސް ޒުވާނުންނަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތާއި ވޮލީމުބާރާތް ބާއްވާގޮތައްވަނީ ހަމަޖެހިފައެވެ. ވޮލީ މުބާރާތް ބާއްވާގޮތަށް ހަމަޖެހިފައިވަނީ 15 ރަމަޟާން 1438 (10 ޖޫން 2017) ވަނަދުވަހުއެވެ. އަދި ފުޓްސަލް މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ 19 ރަމަޟާން 1438 (14 ޖޫން 2017) ވަނަދުވަހުއެވެ.

 މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވައިދު 31  މެއި 2017 ވާ ބުދަ ދުވަހުން ފެށިގެން މިކައުންސިލުން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. އަދި މުބާރާތުގައި ބައިވެރިވާންބޭނުންވާ ފަރާތްތަކުން  7 ޖޫން 2017 ވާ ބުދަ ދުވަހުގެ 14.00 ގެކުރިން މިކައުންސިލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށައެޅުމަށް ދަންނަވަމެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  

29 މޭ 2017
ހޯދާ