މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މާލޭގެ މަގުތައް ބޭނުންކުރާ ޢާއްމުރައްޔިތުންނަށް ލުއިފަސޭހަވާނޭ ގޮތަށް ސަރުކާރުން ކުރައްވާ މަސައްކަތް

އިއުލާން

           ކުރިއަށް އޮތް ރަމަޟާންމަހުގެ މެންދުރުފަހާއި ހަވީރުގެ ވަގުތުތަކުގައި، މާލޭގެ މަގުތައް ބޭނުންކުރާ ޢާއްމުރައްޔިތުންނަށް ލުއިފަސޭހަވާނޭ ގޮތަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން އަދި ވަކީން ޚާއްޞަކޮށް ރަމަޟާންމަހަށް މާލޭގެ ޓްރެފިކަށް ލުޔެއްގެނައުމުގެ ގޮތުން، ފެނާއި، ގޭސް އަދި ގަނޑުކޮށް މުދާޑެލިވަރީކުރުމުގައި މެންދުރުފަހު 15:00 އިން އިރުއޮއްސި 18:30 ދެމެދުގެ ގަޑިތައް ނުހިމެނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ވީމާ، މާލޭގައި ފެނާއި ގޭސް އަދި ގަނޑުކޮށް މުދާޑެލިވަރީކުރުމުގެ ޚިދުމަތްދޭ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ގަޑިތަކުގައި ފެނާއި ގޭސް އަދި ގަނޑުކޮށް އުފުލާމުދާ ނުއުފުލުމަށް ދެންނެވީމެވެ.

29 ޝައުބާން 1438

25 މޭ 2017
ހޯދާ