މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ޕަބްލިކް ވަރކްސް ސަރވިސަސްގެ ބޭނުމަށް 08 އިންޗީގެ 3000 ޕީ.ވީ.ސީ ޕައިޕް (ބެލް ޓައިޕް، ލޯޕްރެޝަރ) ގަންނަން ބޭނުންވެއެވެ.

ހުށަހަޅަންވީ ތަކެތި:

ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަންގެ ކޮޕީ)

ށ- އަމިއްލަފާރާތެއްނަމަ އެފަރާތެއްގެ މަޢުލޫމާތު އެނގޭނެ ގޮތަށް ސީވީއާއި އައިޑީ ކާޑް ކޮޕީ.

ނ- މަސައްކަތުގައި ފާއިތުވެދިޔަ 05 އަހަރު ދުވަހު ލިބިފައިވާ ތަޖުރިބާ (މި ގޮތުން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2017 ގެ މި ދުވަހުން ފެށިގެން ފާއިތުވެ ދިޔަ 5 އަހަރު ތެރޭ ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތާއި ގުޅޭގޮތުން މަސައްކަތް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުމަށެވެ.) މި ގޮތުން މާކްސް ދެވޭނީ ގިނަވެގެން 03 ލިޔުމަށެވެ.

 

އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނެގޮތް: 

ހ- އަގު =70 ޕޮއިންޓް           

 {(އެންމެ ކުޑަ އަގު) / (ހުށަހެޅިއަގު) 70x} 

ށ- ޑެލިވަރީ މުއްދަތު = 20 ޕޮއިންޓް

  {(އެންމެ ކުރު މުއްދަތު) / (ހުށަހެޅި މުއްދަތު) 70x}

ނ- މަސައްކަތު ތަޖުރިބާ: 10 ޕޮއިންޓް

   ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން = 2.5

   ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން = 05

   ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން = 10

 

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 ޕަބްލިކް ވަރކްސް ސަރވިސަސް                                                                 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ    

އިއްޒުއްދީން މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 01 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި  ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.

28  ޝަޢުބާން  1438 

    24  މެއި   2017      

24 މޭ 2017
ހޯދާ