ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ފައިނޭންސް އޮފިސަރގެ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާން

މަޤާމް:

ސީނިއަރ ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު:

J221995

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

އެމް. އެސް. 2

ކްލެސިފިކޭޝަން:

ޓެކްނިކަލްއޮފިސަރ ގްރޭޑް 2

މަޤާމުގެ ގިންތި:

ދާއިމީ

ސަރވިސް އެލަވަންސް:

   މަހަކު -/2،000 ރުފިޔާ

މުސާރަ:

 މަހަކު -/6295 ރުފިޔާ

އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއަރޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ، ގދ.ރަތަފަންދޫ

މަޤާމުގެ ޝަރުޠު:

1-      އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް/ ބިޒްނަސް ، ފައިނޭންސްގެ   ދާއިރާއަކުން   ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

2-      އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް/ ބިޒްނަސް ، ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް5  ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

  ނުވަތަ؛

 

3-      އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް/ ބިޒްނަސް ، ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

 ނުވަތަ

 

4-      އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް/ ބިޒްނަސް، ފައިނޭންސްގެ   ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތު: 

  1. ބަޖެޓް ސެކްޝަނުން ތައްޔާރުކުރަންޖެހޭ ޕޭމަންޓް ވައުޗަރުތަކާއި، ރިޕޯޓްތަކާއި، ސްޓޭޓްމަންޓް ތަކާއި، ފައިސާއާބެހޭ އެންމެހައި ލިޔުންތަކުގެ ހިސާބު ޗެކްކުރުމާއި ރަށުގެ ރައްޔިތުންގެ މާލިއްޔަތާއި އެންމެހާ ވަޞީލަތްތައް ބެލެހެއްޓުން
  2. ކައުންސިލް އިދާރާގެ ބަޖެޓާބެހޭ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުމާއި ފޮނުވަންޖެހޭ ރިޕޯޓްތައް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވުމާއި ވެރިންނަށް ރިޕޯޓްކުރުން  
  3. ކައުންސިލް އިދާރާގެ އަހަރީ ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓްގެ ޚަރަދު ކޮންޓްރޯލް ކުރުމާއި ބަޖެޓްގެ ހިސާބު ކިތާބު ބެލެހެއްޓުމާއި ކައުންސިލް އިދާރާގެ ޚަރަދުތަކަށް ބަޖެޓްގެ ބޭރުން ބޭނުންވާ ފައިސާ ހޯދުމަށް ފިނޭންސްއަށް ހުށަހަޅައިގެން ފައިސާ ހޯދުމާއި އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތަށް ފައިސާއާބެހޭ އެންމެހާ މަސައްކަތްކުރުން
  4. ކައުންސިލް އިދާރާގެ އިންޓަރނަލް އޯޑިޓްކުރުމާއި ފާހަގަކުރެވޭ ކަންތައްތައް ކައުންސިލަށް ރިޕޯޓްކޮށް ހުރި މައްސަލަތައް ރަގަޅުކުރުމަށް މަސައްކަތްކުރުން  
  5. ކައުންސިލްގެ ބަޖެޓަށް ހޯދަންޖެހޭ ފައިސާގެ ވައުޗަރުތަކާއި ކޭޝްފްލޯ ފޯކާސްޓާއި މަސްދުވަހުގެ ޚަރަދު ރިޕޯޓް ތައްޔާރުކުރުމާއި، އާމްދަނީ އެކައުންޓްތައް ރީކޮންސައިލްކޮށް ބެލެހެއްޓުމާއި މުވައްޒަފުންގެ މުސާރައާއި ޕެންޝަން ކޮންޓިބިއުޝަންގެ މަސައްކަތް ކުރުމާއި ކައުންސިލް އިދާރާގެ ތިޖޫރީ ބެލެހެއްޓުން
  6. ކައުންސިލުންދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުންހެދޭ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލުން ކަނޑައަޅާ ފީތައް ނެގުން
  7. ކައުންސިލްއިދާރާގެ ކޮމްޕިއުޓަރ ނެޓްވޯކްގެ ކަންކަން ބެލެހެއްޓުމާއި ބަޖެޓްގެ އީމެއިލް ބެލެހެއްޓުން  

އުޖޫރައާއި އިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތަށް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޢިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:

ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، އިންޓަވިއުއަށް.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު، ރަތަފަންދޫ ކައުންސިލް އިދާރާއިން އަންގާ ތާރީޚެއްގައި ރަތަފަންދޫ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ވުމާއެކު، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން އިންޓަވިއުއަށް ހާޟިރުވުމަށް  ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ. )

2- ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާއޮފީހުގެ ލިޔުމެއް

3- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީތަޢުލީމްދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖޭއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ )

(ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީތަޢުލީމްދޭ މަރުކަޒުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ. ) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސް ކްރިޕްޓްގެ ކޮޕީ

(ނ) ސިވިލްސަރވިސް ޓްރެއިނިންގ އިންސް ޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

4- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ ( ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ ޢަދަދު ބަޔާން ކޮށްފައިވާ )

6- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭފަދަ ކޮޕީ

7- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 04 ޖޫން 2017 ވާ އާދީއްތަ ދުވަހުގެ 13.30 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ  ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާގެ 6840016 ނަންބަރު ފޯނާއެވެ.

 

ނޯޓް: މި އިޢުލާނަކީ މި އިދާރާގެ އިޢުލާން ނަމްބަރ: JUL)420-AS/420/2017/14)  ގެ މުއްދަތު އިތުރު ކުރުމަށްޓަކައި ކޮށްފައިވާ އިޢުލާނެއް ކަމުގައި ދަނަނަވަމެވެ. މުއްދަތު އިތުރު ކުރުމާއި ގުޅިގެން ކުރިން ކުރެވުނު އިޢުލާން ނަމްބަރ: JUL)420-AS/420/2017/14) އިޢުލާނުގައިވާ މުއްދަތުގައި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

24 މޭ 2017
ހޯދާ