ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ކެންޓީން ކުއްޔަށްދިނުން

މި ސްކޫލުގެ ކެންޓީނު ހިންގާނެ ފަރާތެއް ހޯދަން ކުރި ނަންބަރ (IUL)RS/1/2017/1038 (03 މެއި 2017) އިއުލާން ގުޅިގެން އަންދާސީ ހިސާބު ހުށައެޅިއިރު ބިޑް ޑޮކިއުމަންޓްސްތައް ފުރިހަމަ ނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން މި ސްކޫލުގެ ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

    ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މޭއި 28 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިސްކޫލަށް ދުރުވެ، މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2017 މެއި 31 ވާ ބުދަ ދުވަހުގެ 11:00 އަށް މިސްކޫލަށް  ދުރުވެ ޕުރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

24 މެއި 2017

24 މޭ 2017
ހޯދާ