ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯރމް ފަހައިދޭނެ ފަރާތެއް ހޯދުމާ ބެހޭ

މި ސްކޫލްގެ އެކްޓިވިޓީ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދުމާ ބެހޭ

މި ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރ (IUL)RS/1/2017/1037 (20 އެޕްރީލް 2017) އިއުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށައެޅެހި،  ބިޑް ޑޮކިއުމަންތައް ފުރިހަމަވެފައިނުވާތީވެ އެ އިޢުލާން ބާތިލުކޮށް އަލުން މި ސްކޫލުގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

މި ސްކޫލްގެ އެކްޓިވިޓީ ޔުނިފޯމް، ސްކޫލުން ދޭ ނަމޫނާއާ އެއްގޮތަށް ފަހައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މެއި 28ވާ އާދިއްތަ ދުވަހުގެ 11:45 ގައި މަޢުލޫމާތު ސާފު ކުރެއްވުމަށް މި ސްކޫލްގެ އޮފީހަށް ވަޑައިގެންނެވުމަށް ދެންނެވީމެވެ. އަދި 2017 ޖޫން 5 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު މި ސްކޫލްގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

        24 މެއި 2017

24 މޭ 2017
ހޯދާ