މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްރަށާއި ބިންބިމުގައިވާ ރުއްތަކުން ކާއްޓާއި ކުރުނބާ އަޅާ ރަމަޟާންމަހު މާރކެޓު ކުރުމުގެ ފުރުޞަތު ހުޅުވާލުން

ޢިއުލާން

  

މިމިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްރަށާއި ބިންބިމުގައިވާ ރުއްތަކުން ކާއްޓާއި ކުރުނބާ އަޅާ ރަމަޟާންމަހު މާރކެޓު ކުރުމުގެ ފުރުޞަތު ހުޅުވާލުން

                                                  މިމިނިސްޓްރީގެ އިއުލާން ނަންބަރު ((IUL)30-E1/30/2017/66 އާއި ގުޅިގެން ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރަމުން ގެންދާތީ ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން މިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު 11 ޖޫން 2017 އަށް އިތުރުކޮށްފައިވާ ވާހަކަ ދެންނެވީމެވެ.

               ކޮންމެ އަހަރެއްގެ ރަމަޟާންމަހާ ދިމާކޮށް ކާއްޓާއި ކުރުނބަލަށް އޮންނަ ޑިމާންޑު ބޮޑުވެ އަގުތައް އުފުލޭކަން ވަނީ ފާހަގަކުރެވިފައެވެ. މިމައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި މިމިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްތަކުގައިވާ ރުއްރުކުން ކުރުނބަލާއި ކާށި އަޅާ، މިމިނިސްޓްރީއާއެކު އެއްބަސްވެވޭ އަގުތަކެއްގައި ކުރުނބަލާއި ކާށި ވިއްކަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ވަނީ އިތުރުކޮށްދީފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކުން ނުވަތަ އީމެއިލްއަކުން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ސުންގަޑި:  މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ސިޓީ ހުށަހަޅުއްވާނީ 11 ޖޫން 2017 ގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީއަށް ނުވަތަ އީމެއިލް އިން [email protected]  އަށެވެ.

އިތުރު މަޢުލޫމާތު:

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަންބަރ 3339248/ 3339224 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

24 މޭ 2017
ހޯދާ