ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ތިލަފުށީ ބޯޓުޔާޑުގައި އަދި އެފް. އެސް. އެމް އީޒީފިލް ހުރި ބައު ދަގަނޑު ނީލަމުގެ އުސޫލުން ވިއްކާލުމަށް

އިޢުލާން

                 

މިކުންފުނީގެ ތިލަފުށީ ބޯޓުޔާޑުގައި އަދި އެފް. އެސް. އެމް އީޒީފިލް ހުރި ބައު ދަގަނޑު ނީލަމުގެ އުސޫލުން ވިއްކާލަން ބޭނުންވެެއެވެ.

 

މުދަލުގެ ބާވަތް:   ބައު ދަގަނޑު

ތަން:       ފިއުލް ސަޕްލައިސް މޯލްޑިވްސް ބޯޓްޔާޑް، ކ.ތިލަފުށި،  އެފް. އެސް. އެމް އީޒީފިލް، ކަންބާއައިސާރަނި ހިންގުން

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 23 މޭއި 2017 ވަނަ ދުވަހުން ފެށިގެން 25 މޭއި 2017 އާއި ދެމެދުގެ ކޮންމެ ދުވަހަކު ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ ތިލަފުށި ބޯޓްޔާޑް އަދި އެފް. އެސް. އެމް އީޒީފިލްއަށް ހާޞިރުވެ މިތަކެތި ބެއްލެވުމުގެ ފުރުސަތު ހުޅުވާލައިފާ ވާނެއެވެ.

މިތަކެތި ބެއްލެވުމަށްފަހު އަގު ހުށައެޅުން އޮންނާނީ 25 މޭ 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މިކުންފުނީގެ ހެޑް އޮފީސް، އެސް ޓީ އޯ އައިފާނު ބިލްޑިންގ 4 ވަނަ ފަންގިފިލާގައިއެވެ. އަގު ހުށައަޅުއްވާނީ، ބައު ދަގަނޑު ކިލޯއަކަށް ޖެހޭ ރޭޓުންނެވެ.

އަގު ހުށައެޅުއްވުމަށް ހާޞިރުވެ ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) ހުށައަޅުއްވަން ވާނެއެވެ.

މިދެންނެވުނު ތަކެތި ބެއްލެވުމަށްފަހު، އެންމެ މަތިން ރޭޓް ހުށައަޅުއްވާ ފަރާތަކަށް މިތަކެތި ހުސްކުރުމަށް 2 ދުވަހުގެ މުއްދަތެއް  ދެވޭނެ ވާހަކަ ދަންނަވާލީމެވެ.

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7667060 ނުވަތަ 9621648 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

23 މޭ 2017
ހޯދާ