މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ނަންބަރ15 (IUL)30-A4/30/2017/

ތާރީޚް: 23 މެއި 2017

[މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް]

 

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގެ ދަށުން މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރަމަށް ގާއިމު ކުރެވޭ ޕްރޮޖްކެޓް މެނޭޖްމަންޓް ޔުނިޓަށް ތިރީގައި ދަންނަވާފައިވާ މަޤާމަށް ޝައުގެވެރިވާފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މިމިނިސްޓްރީއިން ހުޅުވައިލަމެވެ.

  1.  ފައިނޭންސް މެނޭޖަރ

މަޤާމް:

ފައިނޭންސް މެނޭޖަރ                                       ބޭނުންވާ ޢަދަދު: 1

މުސާރަ:

30000 – 35000 ރުފިޔާ

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ ، ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓް، މާލެ އަދި ޕްރޮޖްކްޓްގެ މަސައްކަތްތައް ހިންގޭ ރަށްތަކުގައި

މަޤާމްގެ ޝަރުޠުތައް

 

  1. މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އޭ.ސީ.ސީ.އޭ ނަވަތަ މަޤާމުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ސަރުކާރުގެ ނުވަތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގެ ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގެ އިސްމަޤާމެއްގައި 5 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި އެކައުންޓްސްތައް ތައްޔާރު ކުރުމާއި، ފައިނޭންސް މެނޭޖްކުރުމާއި އަދި ވިޔަފާރީގެ ދާއިރާގެ އިންފޮމޭޝަން ސިސްޓަމް މެނޭޖްކުރުމުގެ މައްސަކަތުގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) ހޯއްދެވުމަށް މި މިނިސްޓްރީގެ ނަމްބަރު 3339286، އަދި 3339244 ފޯނަށް ގުޅުއްވުން އެދެން. ނުވަތަ [email protected] އީމެއިލް ފޮނުއްވުނެ އެދެން. އަދި ތިރީގައިވާ ލިންކުންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

http://www.fishagri.gov.mv/downloads/ann/sfrdp-anc-p157801%20-%2001-qhg8l2tdml.pdf

  

މިމަޤާމްއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި މަޤާމްއަށް ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

 

މަސައްކަތުގެ މުއްދަތު

މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 36 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރއްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2017 މެއި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށްއެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢްލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި 14:00 ދެމެދު 3339244 ފޯނާއި ގުޅުއްވުން އެދެމެވެ.

     

 

 

 

23 މޭ 2017
ހޯދާ