މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ލޯނަށް އެދުން

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ "މެރިކަލްޗަރ އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ލ.އިސްދޫގައި ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުސަތު 22 މެއި 2017 ފެށިގެން 28 މެއި 2017 އަށް ހުޅުވާލަމެވެ. މިކަމަށް އެދި ލޯނަށް އެދޭ ފޯމާއި، ލޯނާއި ބެހޭ މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް، www.fishagri.gov.mv  އިންނާއި ލޯނު އަމާޒުކުރެވޭ ލ.އިސްދޫގެ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މަސައްކަތް ލ.އިސްދޫގައި ކުރާއިރު، ލ.އިސްދޫއިން ޖުމްލަ 50 ފަރާތަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ފުރަތަމަ އަދި ދެވަނައަށް ހުޅުވާލެވުނު ފުރުސަތުން ބައިވެރިވި ފަރާތްތަކުގެ ތެރެއިން ޖުމްލަ 43 ފަރާތެއްވަނީ ލ. އިސްދޫއިން މި މަސައްކަތް ކުރުމަށް ހޮވިފައެވެ. މިގޮތުން ތިންވަނަ ބުރުގެ މި އިއުލާން މި ކުރެވެނީ ލ.އިސްދޫއިން އިތުރު 07 ފަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ. މި މަސައްކަތް ކުރުމަށް ލޯނުގެ ގޮތުގައި ދޫކުރެވޭނީ ނަގުދު ފައިސާގެ ބަދަލުގައި ލޯނުގެ އަގަށްވާ މައިގަނޑު ތަކެއްޗެވެ. އެއީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކޮށިއެޅުމަށް ބޭނުންވާ ތަކެއްޗާއި ކުދި ހުއިފިލަނޑައެވެ. ލޯނު އަދާކުރުމަށް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިންނެވެ.

 

ލޯނަށް އެދި ފޯމު ހުށަހަޅާނީ ލ. އިސްދޫ ކައުންސިލްގެ އިދާރާއަށެވެ. ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 29 މެއި 2017 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިންނެވެ. ލޯނަށް އެދުމުގެ މުއްދަތު ހަމަވުމުން، ޝަރުތު ހަމަވާ ފޯމްތައް ވަޒަންކޮށް، ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް ޖަވާބުދެވޭނެއެވެ.

 

ލޯނު ދޫކުރުމުގެ މަރުހަލާގައި ލ.އިސްދޫއިން އިތުރު 07 ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ފޯމު ހުށަހަޅާފައިވާ ފަރާތްތައް ތިރީގައި ބަޔާންކުރާ މިންގަނޑުތަކުން ވަޒަންކުރުމަށް ފަހު، އެންމެ މަތިން ޕޮއިންޓު ލިބޭ 07 ފަރާތަކަށެވެ.

ހުއިފިލަނޑާ ބޮޑުކުރުމުގެ މިމަސައްކަތަށް ދޫކުރާ ލޯނު ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކުގައި ތިރީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަ ވާންޖެހޭނެއެވެ. މި ޝަތުރު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމު ބާތިލުކުރެވޭނެއެވެ.

  • ފޯމު ހުށަހަޅާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނެއް މިވަގުތު އަދާކުރަމުންދާ ފަރާތެއްނަމަ، މުޅި ލޯނުގެ %50 އަދާކޮށްފައިވާ ފަރާތެއްކަމުގައިވުން
  • ޢުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ ފަރާތެއް ކަމުގައިވުން
  • ލ.އިސްދޫގައި ދިރިއުޅޭ ރައްޔިތެއްކަމުގައި ވުން

 

މަތީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ވަޒަންކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ ތިރީގައި ބަޔާންކުރާ ގޮތުގެ މަތީންނެވެ.

  • ·         މި މަޝްރޫޢަކީ ރަށްފުށުގައި ދިރިއުޅޭ އަންހެން ފަރުދުން ބާރުވެރިކުރުވައި، އިޤްތިޞާދީ މަސައްކަތްތަކުގައި ޝާމިލުވާ މިންވަރު އިތުރުކުރުމަށް ބާރުއަޅާ މަޝްރޫޢެއްކަމުން ލޯނަށް އެދި ހުށަހަޅާ އަންހެނުންނަށް 5 ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވެއެވެ.

5

  • ·         ބޭންކް އޮފް މޯލްޑިވްސް އިން ލޯނެއް ނަގާފައިވާނަމަ، އެ ލޯނު ގަވާއިދުން އަދާކުރާ ގޮތް: (މިބަޔަށް އެންމެ ގިނަވެގެން ލިބޭނީ 40 ޕޮއިންޓް)

40

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ލޯނެއް ނަގާފައި ނުވާ ފަރާތްތަކަށާއި، ނަގާފައިވާ ލޯނު ގަވާއިދުން އަދާކުރަމުންދާ ފަރާތްތަކަށް

40

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި އެއްފަހަރު ލަސްވެފައިވާ ފަރާތްތަކަށް

30

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ދެފަހަރު ލަސްވެފައިވާ ފަރާތްތަކަށް

20

ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގަވާއިދުން ލޯނު އަދާކުރުމުގައި ތިންފަހަރަށްވުރެ ގިނައިން ލަސްވެފައިވާ ފަރާތްތަކަށް

15

އަދި ލޯނަށް އެއްވެސްވަރަކަށް ފައިސާ ނުދައްކާ ފަރާތެއްވާނަމަ.

0

  • ·         މާލީ ހާލަތު: (މިބަޔަށް އެންމެ ގިނަވެގެން ލިބޭނީ 30 ޕޮއިންޓް)

30

އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ އާމްދަނީ ލިބޭ ފަރާތްތަކަށް

30

އެއްބުރަށް ކުދި ހުއިފިލަނޑަޔާއި ކާނާ ގަތުމަށް ބޭނުންވާ ފައިސާއަށްވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް

20

  • ·         ރަށުގައި ގާއިމުވެހުރެ ދިރިއުޅެމުން ދިއުން: (މިބަޔަށް އެންމެ ގިނަވެގެން ލިބޭނީ 25 ޕޮއިންޓް)

25

ފަސް އަހަރަށްވުރެ ދިގު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް

25

ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް

10

ތިން އަހަރަށްވުރެ ކުރު މުއްދަތެއްގައި ރަށުގައި ގާއިމުވެ ދިރިއުޅެމުންދާ ފަރާތްތަކަށް

0

 

 

  • ·         ޕޮއިންޓުގެ ގޮތުން އެއްވަރުވާ ފަރާތްތަކުގެ ތެރެއިން ފަރާތެއް ނުވަތަ ފަރާތްތަކެއް ހޮވަންޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނީ މާލީ ހާލަތަށް ބަލައި އާމްދަނީ ދަށް ފަރާތްތަކަށް އިސްކަން ދީގެންނެވެ.
  • ·         މި ޕްރޮޖެކްޓް ގެ މަގްޞަދުގައި ގިނަގޭބިސީއަށް ފުރުސަތު ދިނުން ހިމެނިފައިވާތީ، ފުރަތަމަ އަދި ދެވަނަ ބުރުގައި ހޮވިފައިނުވާ ގޭބިސީތަކަށް ތިންވަނަ ބުރުގައި އިސްކަންދެވޭނެއެވެ.
  • ·         ފުރަތަމަ އަދި ދެވަނަ ބުރުގައި ހޮވިފައިވާ ގޭބިސީއަކުން ތިންވަނަ ބުރަށްވެސް ކުރިމަތި ލުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އެ ފަރާތްތަކަށް އިސްކަންދެވޭނީ އަލަށް އެދިފައިވާ ގޭބިސީތަކަށް އިސްކަންދީފައެވެ.

މިލޯނާއި ބެހޭގޮތުން އިތުރު ކަމެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން ރަސްމީ ދުވަސްދުވަހުގައި 14:00 ގެ ކުރިން 3341836 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. 

22 މޭ 2017
ހޯދާ