މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
"ގެދޮރުވެރިކުރުން" ޕްރޮގްރާމާއި ބެހޭ

ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ތެރެއިން "ގެދޮރުވެރިކުރުން" ޕްރޮގްރާމަށް ފޯމް ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތައްވަނީ، އެކިއެކި ސަބަބުތަކާހުރެ ދިރިއުޅުމުގެ ޙާލަތު ވަޒަން ކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް ސާވޭކުރުމުގެ މަސައްކަތް ނުނިމެވެއެވެ. މީގެތެރޭގައި މިހާރު ދިރިއުޅޭ އެޑްރެސް ބަދަލުވުމާއި ރަށުގައި ނެތުމާއި ފޯނު ނަންބަރު ބަދަލުވެގެން ފޯނުން ނުގުޅުން ފަދަ ކަންތައްތައް ހިމެނެއެވެ. ވީމާ މި ޕްރޮގަރާމަށް ފޯމު ލެއްވި ފަރާތްތަކުގެ ތެރެއިން މިހާރު ދިރިއުޅޭ އެޑްރެސް ބަދަލުވެފައިވާ ފަރާތްތަކާއި ފޯނު ނަންބަރު ބަދަލުވެގެން އެކިއެކި ސަބަބުތަކާހުރެ މިހާތަނަށް ސާވޭކޮށް ނުނިމެ ހުރި ފަރާތްތަކުން 01 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންމި އޮފީހަށްސިޓީ ހުށަހެޅުމުމަށް ދަންނަވަމެވެ. އަދި ރަށުން ބޭރުގައި އުޅުއްވާ ފަރާތްކާއި ފޯނުން ނުގުޅޭ ފަރާތްތައް މިނިސްޓްރީއަށް ގުޅުއްވައިގެން ސާވޭ ކުރުމުގެ ކަންތައްތައް ނިއްމެވުމަށް ދަންނަވަމެވެ. ސާވޭކުރުމުގެ ކަންތައްތައް ހަމަޖެއްސެވުމަށްޓަކައި މިއޮފީހުގެ ފޯން ނަންބަރު 3004222 3004201 /  އަށް ގުޅުއްވުން އެދެމެވެ. އަދި މިހާރު ދިރިއުޅޭ އެޑްރެސް ބަދަލުވެގެންނާއި ރަށުގައި ނެތުމުންނާއި ފޯނު ނަންބަރު ބަދަލުވެގެން ފޯނުން ނުގުޅުމާއި ގޭގެއަށް ޒިޔާރަތްކޮށް ސާވޭކުރުމަށް ދިއުމަށްފަހު ބައްދަލު ނުވާ ފަރާތްތަކަށް  15 ޖޫން 2017 ގެ ފަހުން މި ޕްރޮގްރާމްގެ ދިރިއުޅުމުގެ ޙާލަތު ވަޒަން ކުރުމަށް ގޭގެއަށް ޒިޔާރަތްކޮށް ސާވޭކުރުމުގެ މަސައްކަތް ކުރުމަށް އިތުރު ފުރުޞަތެއް ދެވެންނެތް ވާހަކަ ދަންނަވަމެވެ. 

22 މޭ 2017
ހޯދާ