މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، އިނާމުތަކަށް ނަން ހުށަހެޅުން

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، "ނޫސްވެރިކަމުގެ އިނާމު" އަދި "އެންމެ އުއްމީދީ ނޫސްވެރިޔާ"  އަށް ނަން ހުށަހެޅުމުގެ ފުރުޞަތު 21 މޭ 2017 ވަނަ ތާރީޚުން ފެށިގެން ހުޅުވައިލައިފީމެވެ. އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ:  

(ހ) އިޖްތިމާޢީ ދާއިރާ

(ށ) ސިޔާސީ ދާއިރާ

(ނ) ޝަރުޢީ އަދި ޤާނޫނީ ދާއިރާ

(ރ) ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ

(ބ) ކުޅިވަރުގެ ދާއިރާ

(ޅ) ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ

(ކ) ވީޑިއޯ ޖާރނަލިޒަމްގެ ދާއިރާ، އަދި

(އ) ފީޗަރ ލިއުމުގެ ދާއިރާ

މީގެ އިތުރުން، އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމު ހިމެނެއެވެ.

      މިއިނާމުތަކަށް ކުރިމަތިލާނީ ނުވަތަ ނަން ހުށަހަޅާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އެންމެ އުއްމީދީ ނޫސްވެރިޔާ އަށް ނަން ހުށަހަޅާފޯމުންނެވެ. މި ދެފޯމާއި، މާކްސް ދިނުމުގައި ބަލާނެ މިންގަޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، ' މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު ' މި އިއުލާނާއެކު އާންމުކޮށްފައިވާނެއެވެ.

            ވީމާ މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުންނާއި ނަން ހުށަހަޅާ ފަރާތްތަކުން 2017 ޖޫން 8 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުން އެދެމެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު، މިކައުންސިލުގެ 3003995 ނަންބަރު ފޯނަށް ނުވަތަ 3003886 ނަންބަރު ފޯނުން ލިބޭނެއެވެ.

 

25 ޝަޢުބާން 1438

 

21 މޭ 2017
ހޯދާ