ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އީ.އައި.އޭ ކޮންސަލްޓަންޓް

ނަންބަރު:FNK/A/IUL/2017/191

ވަޒީފާގެ ފުރުޞަތު

09 އެޕްރީލް 2017 ގައި ކުރެވުނު އިއުލާން (FNK/A/IUL/2017/148) އަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ، އަލުން އެމަޤާމަށް ކުރިމަތުލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އީ.އައި.އޭ ކޮންސަލްޓަންޓް

މަޤާމް:

(1) އެކެއް

ބޭނުންވާ އަދަދު:

ހެޑް އޮފީސް / ކ.މާލެ

މަސައްކަތް ކުރަންޖެހޭ ތަން:

ވޯޓަރ އެންޑް ސްވަރޭޖް ސާރވިސަސް ޑިޕާރޓްމަންޓް

ޑިޕާޓްމަންޓް:

ދެފަރާތް އެއްބަސްވާ ގޮތުގެ މަތިން

މުސާރައާއި އިނާޔަތްތައް:

(ހ) އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް އެޕްލިކޭޝަން ފޯމް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ކަމާ ގުޅުންހުރި ޑިޕާރޓްމަންޓްތަކަށާއި ޔުނިޓްތަކާ ގުޅިގެން މަޝްރޫޢުގެ ޙުލާޞާ ތައްޔާރުކުރުމާއި ޑްރާފްޓް ޓަރމްސް އޮފް ރެފެރެންސް ތައްޔާރުކުރުން

އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ފޯމް ފުރުމާއި، ޑްރާފްޓް ޓަރމްސް އޮފް ރެފެރެންސް އަދި މަޝްރޫޢުގެ ޙުލާޞާ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް ހުށަހެޅުމުގެ ކުރިން ކަމާ ގުޅޭ ޑިޕާރޓްމަންޓްތަކަށާއި ޔުނިޓްތަކާ ޙިއްސާކޮށް ހޯދަންޖެހޭ ހުއްދަތައް ހޯދުން

(ށ) އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖެއްސުން

މަޝްރޫޢު ހިންގާ ބަލަހައްޓާ ޑިޕާރޓްމަންޓްތަކާ ގުޅިގެން ރަށްރަށަށް ދަތުރުކޮށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ފާސްކޮށްފައިވާ ޓަރމްސް އޮފް ރެފެރެންސްއާ އެއްގޮތަށް ސަރވޭތައް ކުރިއަށް ގެންދިއުން

(ނ) ކަމާ ގުޅުންހުރި ޑިޕާރޓްމަންޓްތަކުންނާއި ކުރިއަށްގެންދެވުނު ދިރާސާތަކުން ލިބިފައިވާ މަޢުލޫމާތުތައް އެއްކުރުމަށްފަހު އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓުތައްޔާރުކޮށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް ހުށަހެޅުމުގެ ކުރިން ކަމާ ގުޅޭ ޑިޕާރޓްމަންޓްތަކަށާއި ޔުނިޓްތަކާ އެ ރިޕޯޓު ޙިއްސާކޮށް ހޯދަންޖެހޭ ހުއްދަތައް ހޯދުން

އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓު ފުރިހަމަކޮށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއަށް ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖެއްސުން

(ރ) ޔުނިޓްގެ މަސައްކަތްތައް ހަރުދަނާ ގޮތަކަށް ރާވާއި މުވައްޒަފުންނަށް މަޞްޢޫލިއްޔަތު ޙަވާލުކޮށް، މުވައްޒަފުންގެ މަސައްކަތް ދުވަހުން ދުވަހަށް ވަޒަންކޮށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން

(ބ) ޔުނިޓްގެ އެންމެހައި މަސައްކަތްތަކާ ގުޅޭގޮތުން ސެކްޝަން ހެޑަށް ޖަވާބުދާރީ ވުން

(ޅ) ޑިޕަރޓްމަންޓްގެ ދަށުން ހިންގާ އެހެން ސެކްޝަނެއް ނުވަތަ ޔުނިޓެއްގެ މަސައްކަތްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ޙާލަތެއްގައި ޑިޕަރޓްމަންޓް ހެޑްގެ އިރުޝާދުގެ ދަށުން، އެވަގުތަކަށް  ބޭނުންވާ އެހީތެރިކަމެއް، ޔުނިޓްގެ މަސައްކަތްތަކަށް ދަތިނުވާނެފަދަ ގޮތަކަށް ފޯރުކޮށްދިނުން

(ކ) ޔުނިޓްގެ އެންމެހައި މަސައްކަތްތަކާއި ގުޅޭގޮތުން ޑިޕާޓްމަންޓް ހެޑައް މަޢުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ޝެކްޝަން ހެޑްގެ އިރުޝާދުގެ ދަށުން ތައްޔާރުކުރުން

މަސްޢޫލިއްޔަތު ތައް:

(ހ) ތިމާވެއްޓާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން ޑިގްރީ ޙާސިލް ކޮށްފައިވުން

(ށ) އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރު ކުރުމުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން

(ނ) އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރުމަށްޓަކާ ރަށްރަށަށް ދަތުރުކޮށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީން ފާސްކޮށްފައިވާ ޓަރމްސް އޮފް ރެފެރެންސްއާ އެއްގޮތަށް ސަރވޭތައް ކުރިއަށް ގެންދިއުމުގެ ތަޖުރިބާ ލިބިފައިވުން

(ރ)  އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓް ތައްޔާރުކުރާ ކޮންސަލްޓެންޓެއްގެ ގޮތުގައި ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށާއި، މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގައި ރެޖިސްޓަރ ވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ

މަޤާމުގެ ޝަރުތުރައް:

 

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ  9:00 – 15:00 އަށް ލިބެންހުންނާނެއެވެ.  އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 މެއި 2017 ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.

މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

ވެބްސައިޓް: www.fenaka.com.mv

އީމެއިލް: [email protected]

19 ޝަޢުބާން 1438

15 މެއި   2017

15 މޭ 2017
ހޯދާ