ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރެއިނިންގ އޮތޯރިޓީ
ދިވެހިރާއްޖެ
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ އަށް ޕްރޮގްރާމް އޮފިސަރ

`

 

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ

މިނިސްޓްރީ އޮފް އެޑިއުކޭޝަން

              މާލެ، ދިވެހިރާއްޖެ                

   ތާރީޚް: 08މޭ 2017                                       ނަންބަރު: (IUL)428-SDQ/1/2017/5 

 

ވަޒީފާގެ ފުރުޞަތު

 

 

   މަޤާމް:                      ޕްރޮގްރާމް އޮފިސަރ

   ބޭނުންވާ އަދަދު:                1

   ރޭންކް:                     އެމް. އެސް 2

   ކްލެސިފިކޭޝަން :               ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

   މުސާރަ :                    -/6295 ރުފިޔާ

   ސަރވިސް އެލަވަންސް:            -/2000 ރުފިޔާ

   ވަޒީފާއޮތް އޮފީސް:               ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ

   ގިންތި:                      ދާއިމީ

   ވަޒީފާއަދާކުރާ ސެކްޝަނާއި ތަން :     ރެޖިސްޓްރޭޝަން އެންޑް ސެޓިފިކޭޝަން،

 

އިތުރު ޢިނާޔާތްތައް

 

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޙިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތަށް:

 

  1. ޓިވެޓް އޮތޯރިޓީން ހިންގާ ޕްރޮގްރާމްތައް ކޯޑިނޭޓްކުރުން.
  2. ޓިވެޓް އޮތޯރިޓީން ހިންގާ ޕްރޮގުރާމްތަކުގެ ކޮންޓެންޓް ދަރިވަރުންނަށް ފޯރުކޮށްދިނުން.                                                                                           
  3. ޓިވެޓް އޮތޯރިޓީގެ ޕްރޮގުރާމް ހިނގާގޮތް މޮނީޓަރކޮށް ވަކިވަކި ފަރާތްތަކުން ކިޔެވުމުގެ އެހީތެރިކަން ބޭނުންވާނަމަ އެ ފަރާތްތަކަށް ފޯރުކޮށްދިނުން.                                                           
  4. ދަސްވާރު ޕްރޮގުރާމްގެ ހަވާލުކުރެވޭ ސްކޫލްތަކައި އަތޮޅުތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.                 
  5. ދަސްވާރު އަދި ޓިވެޓް ޕްރޮގުރާމްގެ ބައިވެރިންގެ އިމްތިޙާނާއި ސެޓްފިކެޓް ދިނުމާގުޅޭ ކަންކަން ކުރުން.                                                                                                                                  
  6. މާލެއާއި ރާއްޖޭގެ ރަށްތަކުގައާއި ރިސޯޓްތަކުގައި ހިންގާ މިއޮތޯރިޓީގެ ޕްރޮގުރާމްތައް މޮނީޓާކުރުމާއި އެސެސްމަންޓްގެ ކަންކަންކުރުން.   
  7. އެސަރުންނާއި ދަރިވަރުންގެ ދަފްތަރު ބެލެހެއްޓުން.
  8. ޓިވެޓްގެ ފަރާތުން ބާއްވާ އެކި އެކި ވޯރކްޝޮޕްތައް އޯގަނައިޒްކުރުމުގައި އެހީތެރިވުން.    
  9. އެސަސަރުންނާއި ޓްރޭނަރުން ތަމްރީނުކުރުން

                                                                                                                                       

މަޤާމުގެ ޝަރުތުތައް:

                              

  1. މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން، / ހިއުމަން ރިސޯސް މެނޭޖްމަންޓް / ތަޢުލީމީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ސެޓްފިކެޓް 4 ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 

 

 ނުވަތަ

 

  1. މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން، / ހިއުމަން ރިސޯސް މެނޭޖްމަންޓް / ތަޢުލީމީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

  1. މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން، / ހިއުމަން ރިސޯސް މެނޭޖްމަންޓް / ތަޢުލީމީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

  1. މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން، / ހިއުމަން ރިސޯސް މެނޭޖްމަންޓް / ތަޢުލީމީ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

   

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 

ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

 

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޓިވެޓް އޮތޯރިޓީ (ޣާޒީ ބިލްޑިންގެ ގްރައުންޑް ފުލޯރއިން) ލިބިވަޑައިނަވާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.tvet.gov.mv އިން ޑައުންލޯޓް ކުރެވޭނެއެވެ.
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   
  3. ލިބިފައިވާ ހުރިހާ ތަޢޫލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ)- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގުރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)  

(ށ)- ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގުރާމްތަކުގެ ސެޓިފެކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ)- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓްތަކުގެ ކޮފީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަނގައިދިނުމުގެ ގޮތުން ސިވިސް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮފީ
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކށްފައިވާ އިދާރާތަކުން ދުކޮށްފަވާ ލިޔުންތަކުގެ ކޮޕީ

(ހ)- ސިވިސް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)- އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮސްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  1. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

 

 

 

 

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

ވަޒީފާއަށް އެދޭ ފޯމު ޓިވެޓް އޮތޯރިޓީ (ޣާޒީ ބިލްޑިންގެ ގްރައުންޑް ފުލޯރއިން) ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (www.tvet.gov.mv) މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  18 މޭ 2017  ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޓިވެޓް އޮތޯރިޓީ (ޣާޒީ ބިލްޑިންގެ ގްރައުންޑް ފުލޯރ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

                            

އިންޓަރވިއު ކުރުން.

 

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 21 އިން 24 މޭ 2017 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 

ޝޯޓްލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސަތަ:

30%

 

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކިރުމަށް ގުޅާނީ 3341315 ނަންބަރ ފޯނާއެވެ. އީ- މެއިލް ކުރާނީ  [email protected] އަށެވެ.

 

 

08 މޭ 2017
ހޯދާ