ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ (ހިއުމަން ރިސޯސަސް)

އިޢުލާން

ވަޒީފާގެ ފުރުޞަތު

މި ޔުނިވަރސިޓީގެ އިއުލާން ނަންބަރު 51/2017/I/HR-170 ޑިރެކްޓަރ (ހިއުމަން ރިސޯސަސް) އަށް އެކަށީގެންވާވަރަށް ކުރިމަތިލައިފއިނުވާތީވެ އަލުން އިޢުލާން ކުރަމެވެ.

މަޤާމު:

ޑިރެކްޓަރ (ހިއުމަން ރިސޯސަސް)

ބޭނުންވާ ޢަދަދު 1

މަޤާމުގެ މުސާރަ:

މަހަކު 8835/- ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2250/-  ރުފިޔާ

އޮފީސް:

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

މަޤާމުގެ ރޭންކް:

EX1-1

މަޤާމުގެ ޝަރްޠުތައް:

  • އަންނަނިވި ހުރިހާ ތަޢުލީމީ ފެންވަރެއް ހުރުމާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން އެނގުން:
  1. 8/7 ގެ ބެޗެލަރޒް ޑިގްރީއަކަށްފަހު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ތަރައްގީކޮށް، ބޭނުން ކުރަން އެނގުން ނުވަތަ އިތުރަށް ދެނެގަތުމަށް މަދުވެގެން 2 އަހަރުދުވަހުގެ ކަމާގުޅޭ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލްކޮށްފައިވުން.

ނުވަތަ

  1. ފުޅާ ދާއިރާއެއްގައި މެނޭޖްމަންޓްގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. ލެވެލް 9 ގެ ޕޯސްޓް ގްރެޖުއޭޓް ސަނަދެއް ހާސިލްކުރުމަށްފަހު، ކަމާގުޅޭ ތަޖުރިބާ ހާސިލްކޮށްފައިވުން.
  • މަތީގައި ބަޔާން ކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް، ޢިލްމާއި ޤާބިލްކަން، އެހެން ކޮމްބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • މުވައްޒަފުންނާ ބެހޭ ކަންތައްތައް ޔުނިވަރސިޓީގެ ސިޔާސަތާއި، ސިވިލް ސަރވިސްގެ ޤަވާއިދުތަކާއި ޤާނޫނާ އެއްގޮތްވާގޮތުގެމަތިން ރާވައި ހިންގުން.
  • ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ޗުއްޓީ ދިނުން. 
  • މުވައްޒަފުން ޔުނިވަރސިޓީގެ މަސައްކަތްތަކަށް އަހުލުވެރިކުރުމާއި، އަލަށް މަސައްކަތްތަކަށް ނުކުންނަ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލަށް އަހުލުވެރިކުރުވުމަށް ބޭނުންވާ އިންޑަކްޝަން / އޮރިއެންޓޭޝަން ޕްރޮގްރާމްތައް އެކުލަވައިލައި ކުރިއަށް ގެންދިއުން.
  • މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް ބަލައި އެކަށޭނަ ފިޔަވަޅު އެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ދިމާވާ މައްސަލަތަކަށް ޔުނިވަރސިޓީގެ ސިޔާސަތުތަކާ އެއްގޮތްވާގޮތުގެމަތިން ޙައްލު ހޯދައިދިނުން.
  • މުވައްޒަފުންގެ ސިޔާސަތުތައް ކަނޑައެޅުމާއި، މަސައްކަތުގެ ޤަވާޢިދުތައް ތަންފީޒުކޮށް، އަތްމަތީ ފޮތް ތައްޔާރުކުރުން.
  • މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، މުވައްޒަފުންގެ ތަމްރީންކުރުމުގެ ކަންތައް ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ޔުނިވަރސިޓީގެ މުވައްޒަފުންގެ ރިކޯޑުތައް ބެލެހެއްޓުމާއި، ސަރުކާރުގެ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުން.
  • ޔުނިވަރސިޓީގެ އެޑްމިން އެންޑް އެޗްއާރ ޑިޕާޓްމަންޓުގެ އަހަރީ ޕްލޭނާއި ބަޖެޓް ތައްޔާރުކުރުމާއި ޕްލޭނާއި ބަޖެޓް ތަންފީޒުކުރުން.
  • މީގެ އިތުރުން، ޔުނިވަރސިޓީގައި ކުރެވޭ މުހިންމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި، ވެރިޔަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ހަވާލުކުރެވޭ މަސައްކަތެއް ބަރާބަރަށް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މި ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މި ޔުނިވަރސިޓީގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވުމުގެ އިތުރުން، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ނޯޓު:

  • ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުކުރުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

11 މެއި 2017 (ބުރާސްފަތި) ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް 3022116 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
       

            03 މެއި 2017

03 މޭ 2017
ހޯދާ