މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                             އިޢުލާން ނަންބަރު: MRDC-IUL/2017/16

                               ވަޒީފާގެ ފުރުޞަތު

   މިކުންފުނީގެ ހެޑް އޮފީހަށް އެސިސްޓަންޓް ސުޕަވައިޒަރ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ. 

މަޤާމް:

އެސިސްޓަންޓް ސުޕަވައިޒަރ،ގްރޭޑް1

ބޭނުންވާ ޢަދަދު:

01 (އެކެއް)

ކްލެސިފިކޭޝަން / ރޭންކް:

އެސް.އެސް 2 – ގްރޭޑް1

މުސާރަ:

މަހަކު -/4560 ރުފިޔާ (ހަތަރުހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން:

ކޯޕަރޭޝަނުގެ ހެޑް އޮފީހުގެ ތިލަފުށި ސައިޓްސަގައި

މަސައްކަތް ކުރާ ޑިޕާރޓްމަންޓް: 

ބިޒްނަސް ޑެވެލޮޕްމަންޓް ޑިޕާރޓްމަންޓް

ފެންވަރު ނުވަތަ ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

-     ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން، އޭގެ އިތުރުން 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ

-     މަސައްކަތާ ގުޅޭދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތު:

-    މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

-    އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

-    ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

-    ބޭސިކް ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން.

-    ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-     ޑިޕާރޓްމަންޓް އިން ޙަވާލުކުރާ އެކި ޕްރޮޖެކްޓްތައް ސްޕަރވައިޒްކޮށް މަސައްކަތްތައް ހިނގާ

  ނުހިނގާގޮތުގެ ތަފްސީލު ވެރިންނާއި ހިއްސާކުރުން.

-     ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިއުން. އަދި މިކަމަށް ބޭނުންވާ ސާމާނު   

 މަސައްކަތަށް ބޭނުންވާ ވަގުތަށް ސައިޓަށް ލިބިފައިވޭތޯ ކަށަވަރުކުރުން.

-     ކުންފުނިން ހަވާލުކުރާ ޕްރޮޖެކްޓްތަކުގެ އެންމެހާ ކަންތައްތައް ކަނޑައެޅިފައިވާ އުސޫލުން ރާވައި  

 ހިންގުން.

-     ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ގެންދާގޮތް މޮނިޓަރ ކުރުން.

-    މަސައްކަތުގެ ތެރެއިން ދިމާވާ މައްސަލަތައް ވަގުތުންވަގުތަށް ހައްލުކުރުމާއި އަދި ވަގުތުން ހައްލުނުކުރެވޭވަރުގެ މައްސަލަތައް ވެރިންގެ މަޝްވަރާގެމަތިން ހައްލުކުރުން.

-     މަސައްކަތައް ބޭނުންވާ މީހުންނާއި ތަކެތި ޝެޑިލްކުރުން.

-     މަސައްކަތުގެ ސައިޓް ލޮގްތައް ބެލެހެއްޓުން.

-     ވެރިންގެ އިރުޝާދާއި އެއްގޮތަށް ސައިޓްގައި ކުރާ މަސައްކަތްތައް ނިންމާ ރިޕޯޓް ކުރަންޖެހޭ

 ފަރާތަކަށް ރިޕޯރޓްކުރުން.

-     ސައިޓްގައި ކުރާ މަސައްކަތްތަކާއި ގުޅިގެން ހަދަންޖެހޭ ރިޕޯޓްތައް ދުވަހުން ދުވަހުން ހަދާ  

-     ހަމަޖެހިފައިވާ އުސޫލުން ފައިލްކޮށް ބެލެހެއްޓުން.

-     މަސައްކަތްގެ މާހައުލުގައި، މުވައްޒަފުންގެ ސޭފްޓީ ޔަޤީން ކޮށްދިނުން.

-     ހަވާލު ކުރެވިފައިވާ ޕްރޮޖެކްޓް ނިމުމުން، ޕްރެޖެކްޓާއި ގުޅިގެން ފުރިހަމަކުރަންޖެހޭ ހުރިހާ     ލިޔުންތައް ފުރިހަމަ ކުރުމަށްފަހު ޑިޕާރޓްމަންޓްގެ ވެރިޔާ އާއި ހަވާލުކުރުން.

ސުންގަޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 މެއި 4 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ވަޒީފާއަށް އެދޭ ފޯމު (ފޯމްގައި، އިޢުލާން ނަންބަރާއެކު)
  2. މީހާގެ ވަނަވަރު.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ.
  5. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.
  6. ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން.
  7. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  8. ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

-    މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

-  މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 މެއި މަހުގެ ތާރީޚެއްގައިއެވެ.

ނޯޓް:

މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ  3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

                              27 ރަޖަބް  1438

24 އޭޕްރިލް 2017
ހޯދާ